ads
ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް-- ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް
ޔޫކޭ ވިސާ ހޯދަން މި ވަގުތަށް އެންމެ ލުއި ގޮތަކީ ޔޫއޭއީއަށް ދިޔުން: ފޮރިން މިނިސްޓްރީ
ޔޫކޭގައި ކިޔަވާ ދިވެހި ދަރިވަރުން ވިސާ ހޯދަން މި ވަގުތަށް އޮތް އެންމެ ލުއި ގޮތަކީ ޔޫއޭއީއަށް ދިޔުން ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޔޫކޭގެ ވިސާ ހޯދަން މި އަހަރު ދަތިވެފައި ވާތީ ދަރިވަރުން ދަނީ އެކަމާ ޝަކުވާ ކުރަމުންނެވެ. އެގޮތުން ޔޫއޭއީއަށް ގޮސް، ފައިސާތަކެއް ހަރަދު ކުރަން ޖެހިފައިވާ ކަމަށް ދަރިވަރުން ބުނެ އެވެ.

"މި އަހަރު ޔޫކޭއަށް ކިޔަވަން ދާ ކުދިން ވިސާ ނަގަން ދާން ޖެހުނީ ޔޫއޭއީއަށް. ޕްރަޔޮރިޓީ ވިސާއަށް 700 ޑޮލަރު ދައްކައިގެން 8-10 ދުވަސް ޔޫއޭއީގައި މަޑުކުރަން ޖެހުނު،" މީހަކު ކުރި ޓްވީޓެއްގައި ވެއެވެ. 

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ސީއެންއެމަށް ވިދާޅުވީ އެކަމާ ގުޅިގެން ޝަކުވާތަކެއް މިނިސްޓްރީއަށް ލިބުނު ކަމަށެވެ. 

"މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޔޫކޭ ސަރުކާރާއެކު މަޝްވަރާ ކުރައްވާފައި. ޔޫކޭއިން ނިންމީ ހުރިހާ ވިސާ ފެސިލިޓޭޝަން ސެންޓަރެއް މެދުވެރިކޮށް ދވެހި ދަރިވަރުންނަށް ވިސާއަށް ހުށަހެޅޭނެ ކަމަށް،" މިއުވާން ވިދާޅުވި އެވެ. 

ނަމަވެސް ސްރީލަންކާ އާއި އިންޑިއާގެ ބޯޑަރު އަދިވެސް ބަންދުކޮށްފައި އޮތުމުން، މި ވަގުތަށް އެންމެ ލުއި ގޮތަކީ ޔޫއޭއީއަށް ދިޔުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

ޔޫކޭއަށް ކިޔަވަން ދާ ދަރިވަރުންނަށް ކޮންމެ އަހަރަކު ވެސް ޔޫކޭގެ ފަރާތުން ވިސާ ކްލިނިކެއް ރާއްޖޭގައި ބޭއްވި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން މި އަހަރު އެކަން ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް