އުމުރުން 29 އަހަރުގެ ފިރިހެން މީހާ މަސްތުވާތަކެތި ބޭނުން ކުރުމަށް ފަހު އޭނާ ދިރިއުޅޭ އިމާރާތުގެ 30 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓުގެ ކުޑަދޮރުން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ނޫޓުތަކެއް އުކާފައި ވެއެވެ.
ޗައިނާގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި މަގުތަކަށް "ފައިސާގެ ވާރޭ ވެހުމުން" ޓްރެފިކަށް އުނދަގޫތައް ދިމާވި އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ ވައިރަލްވެފަ އެވެ.
މީގެ ކުރިން 2017 ވަނަ އަހަރު ވެސް ޗައިނާގައި އަންހެނަކު ވަނީ މަގުގެ މެދުން ހިނގަމުން ފައިސާ ނޫޓުތައް އުކަމުން ގޮސްފަ އެވެ.
ޗައިނާ މީޑިއާއިން އޭރު ރިޕޯޓު ކުރި ގޮތުގައި އެ އަންހެން މީހާ 2،300 އެމެރިކާ ޑޮލަރަށްވާ ޗައިނާ ޔުއާން އެގޮތަށް އުކީ ރުޅިގަދަވެފައި ހުރުމުން ކަމަށް ބުނެފައި ވެއެވެ.