ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ރަންވީރު ސިންގް ކުރުތާ އަކާ އެއްވައްތަރު ހެދުމެއް ލުމުން ކާމިޔާބު އެކްޓަރެސް ރާނީ މުކަރްޖީއަށް ގިނަ ބަޔަކު މަލާމަތްކޮށްފިއެވެ.

Advertisement
ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ރަންވީރު ސިންގް ކުރުތާ އަކާ އެއްވައްތަރު ހެދުމެއް ލުމުން ކާމިޔާބު އެކްޓަރެސް ރާނީ މުކަރްޖީއަށް ގިނަ ބަޔަކު މަލާމަތްކޮށްފިއެވެ.
ދާދި ފަހުން ބޮލީވުޑުގެ ޑިޒައިނަރު ސަބްޔަސާޗީ ވަނީ ރާނީގެ ފޮޓޯއެއް ސޯޝަލް މީޑިއާއަސް ދޫކޮށްލާފައެވެ. އެފޮޓޯއިން ރާނީ ފެނިގެންދަނީ ސަގާފީ ހެދުމެއް ލާފައި ހުރި މަންޒަރެވެ. ފޮޓޯ ހިއްސާކުރިތާ މާ ގިނަ އިރު ނުވަނީސް ގިނަ ބަޔަކަށް ވަނީ އެ ހެދުމަކީ ރަންވީރު މީގެ ކުދިން ލި ކުރުތާ އަކާ އެއްވައްތަރު ހެދުމެއް ކަމަށް ބުނެފައެވެ.
އެގޮތުން ގިނަ ބަޔަކު ރާނީ އަށް ޖޯކު ޖަހާފައިވައިރު ބައެއް މީހުން ބުނިގޮތުގައި އެއީ ރަންވީރުގެ ކުރުތާ ފަހާ ބާކީވި ފޮތިކޮޅުން ފަހާފައިވާ ހެދުމެކެވެ. އަނެއް ބަޔަކު ބުނަނީ ރާނީ ރަންވީރު ހެދުން އަޅާގޮތް ކޮޕީ ކުރަނީ ކަމަށެވެ.
ރާނީ ދެން އެންމެ އަވަހަށް ފެނިގެންދާނީ "މަރްދާނީ 2" އިންނެވެ. ފިލްމުގައި ރާނީ ފެނިގެން ދާނީ ޕޮލިހުންގެ ވަރަށް ބޮޑު މީހެއްގެ ރޯލުންނެވެ. ފިލްމު ނެރެނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.
ރަންވީރު އެންމެ ފަހުން ފެނިގެންދިޔައީ "83" އިންނެވެ. ފިލްމުގައި އޭނާ ފެނިގެންދާނީ ކަޕިލް ދޭވްގެ ރޯލުންނެވެ. ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ގައެވެ.