އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިދިޔަ ބުދަ ދުވަހު ވަނީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނަށް މައާފަށް އެދުމަށް އަންގާ ނޯޓިސްއެއް ފޮނުވާފަ އެވެ. އެގޮތުން ގޯއާގެ ވިލެޖަކަށް ފިލްމު ޝޫޓިންއެއްގެ ތެރެއިން މިފަހުން ކުނި އެޅި މައްސަލައިގައި މައާފަށް ނޭދޭނަމަ ޖޫރިމަނާކުރާނެ ކަމަށް ވަނީ އަންގާފަ އެވެ.
މިކަމެއް ފެންމަތިވެފައި މިވަނީ ގޯއާގެ ނެރުލްއަށް ނިސްބަތްވާ ބަޔަކު ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައި ދީޕިކާ ޕަޑުކޯންގެ ކުރިއަށް އޮތް ފިލްމުގެ ކްރޫ އިން އަޅާފައިވާ ކުނިތައް ކަމަށް ބުނެ މިދިޔަ ހަފުތާގައި ވީޑިއޯއެއް އާންމުކޮށްފައިވަނިކޮށެވެ.
ގޯއާގެ ވޭސްޓް މެނޭޖްމަންޓް މިނިސްޓަރާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ދަރްމާ ޕްރޮޑަކްޝަނުން ކުނި އެޅުމަށް ފަހު ކުނި ނުނެގި މައްސަލައިގައި މައާފަށް އެދެން ޖެހޭނެ އެވެ. އެގޮތުން މައާފަށް އެދި ކުށް ގަބޫލުކުރަން ޖެހޭ ކަމަށާއި ނޫންނަމަ ޖޫރިމަނާ ދައްކަން ޖެހޭނެކަމަށް ވަނީ ބުނެފަ އެވެ.