ads
އަމްރު---
ކޮޗިން ފެރީ ޗޮކުން ދިޔައީތޯ ނިހާން ކުރި ސުވާލަށް އަމްރުގެ ރައްދެެއް
އިންޑިއާގެ ކޮޗިން އިން ހދ. ކުޅުދުފުއްޓަށް މުދާ ހިފައިގެން އަންނަ ފެރީގެ ހިދުމަތް، "ޗޮކުން" ދިޔައީތޯ ކުރީގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރި ސުވާލަކަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރައްދެއް ދެއްވައިފި އެވެ.
Advertisement

ކޮޗިން އިން ރާއްޖެއަށް މުދާ ހިފައިގެން އައި ފެރީ އެންމެ ފުރަތަމަ އައިސްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގްއެވެ.

އެ ފެރީގެ ހަބަރެއް މިމަހު ނުވާ ކަމަށް ބުނެ އެ ކޮޗިން ފެރީ ޗޮކުން ދިޔައީތޯ ޓްވީޓާގައި ނިހާން ސުވާލުކުރެއްވުމާއެކު އަމްރު ވަނީ "ކާގޯ ފެރީ އިން މުދާ ގެންނަން ބޭނުންވަނީތޯ" ސުވާލު ކުރައްވާފަ އެވެ. އަދި ފެރީއާ ގުޅޭ ފަހުގެ މައުލޫމާތެއް ވެސް ދެއްވި އެވެ. 

އަމްރު ވިދާޅުވީ އިންޑިއާ ކާގޯ ފެރީ މިވަގުތު މާލޭ ސަރަހައްދުގައި މުދާ ބާލަމުން އަންނަ ކަމަށާއި ދެން އެ ފެރީ އެނބުރި ދިއުމަށް ފަހު އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 12 ހިސާބުގައި ކަމަށެވެ.

ކޮޗިން އިން ރާއްޖެ އައި ފުރަތަމަ ފެރީ ކުޅުދުއްފުށީގައި ބަނދަރުކުރުން ކުލަގަދަކޮށް ފާހަގަކުރި އެވެ. އެ ފެރީއަކީ އެއް ފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ފެރީއެކެވެ. 

އެގޮތުން ކޮންމެ ދަތުރެއްގައި ވެސް ކުޅުދުފުއްޓަށް މުދާ ހުސްކުރުމަށް ފަހު އެ ފެރީ މިސްރާބު ޖަހާނީ މާލޭ ޕޯޓަށެވެ. އަދި މާލެއަށް މުދާ ބޭލުމަށް ފަހު އަނެއްކާ ވެސް މުދާ ބަރުކުރުމަށް ފުރާނެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް