ads
ނެޝަނަލް އާޓް ގެލަރީ
"އަންވެއިލިން ވިޝަންސް 2020" އާޓް އެގްޒިބިޝަން ނިންމާލައިފި
ނޭޝަނަލް އާޓް ގެލަރީގައި ފަށާފައިވާ މޯލްޑިވިއަން އާޓްސް‬⁩ގެ އާޓް އެގްޒިބިޝަން، "އަން ވެއިލިން ވިޝަންސް 2020" ނިންމާލައިފި އެވެ.
Advertisement

މޯލްޑިވިއަން އާޓްސް އާއި އާޓް ގެލަރީ އަދި ޔޫތް މިނިސްޓްރީ ގުޅިގެން ބާއްވި ފަންނުވެރިކަމުގެ މައުރަޒު، އަންވެއިލިންގް ވިޝަންސް 2020 ފަށާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެ އެގްޒަބިޝަން އިއްޔެ ނިންމާލާފައިވާއިރު އާޓިސްޓުންގެ އާޓްގެ މަސައްކަތްތައް ބަލާލަން ބޭނުންވާ ފަރާތަތަަކަށް އެ ފުރުަސަތަު އިތީ ހިލޭ ހުޅުވާލާފައެވެ. 

މޯލްޑިވިއަން އާޓްސް‬⁩ގެ އާޓް އެގްޒިބިޝަން، އަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ އާޓިސްޓުންގެ ހުނަރާއި ދާއިރާއަށް އަލަށް އުފަންވާ އާޓިސްޓުންގެ ޓެލެންޓްތައް އެއްތަނަކުން ފެނިގެންދާ އެގްޒިބިޝަން އެކެވެ. 

މި އެގްޒިބިޝަންތަކުގައި ބައިވެރިވާ މީހުންގެ މެދުގައި ވަނަ ހޮވާއިރު ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ހުނަރުވެރިންގެ މަސައްކަތްތައް އެގްޒިބިޝަންއިން ފެނިގެންދެއެވެ. މި އަހަރުވެސް ހަތަރު ކެޓަގަރީއަކުން ހުނަރުވެރިން ހޮވާފައިވެއެވެ. އެގޮތުން ޑްރޯވިން ކެޓަގަރީން އީމާ ޝަރީފް ހޮވިފައިވާއިރު ޑިޖިޓަލް އާޓް ކެޓަގަރީން މުހައްމަދު ގައިހަލް ވަނީ ހޮވިފައެވެ. އަދި މިކްސް މީޑިއާއިން ލުޖެއިން އަލީ ވަހީދު ހޮވިފައިވާއިރު ޕެއިންޓިން އިން ސައިޖަލް އަބްދުލް ސައްތާރު ވަނީ ހޮވިފައެވެ.

your imageވަނަ ލިބުނު ފަންނުވެރިން—— ފޮޓޯ: މޯލްޑިވްސް އާޓް

އޭގެ އިތުރުންވެސް ޒުވާނުންގެ ހުނަރުވެރި އެތައް މަސައްކަތްތަކެއް އެއްތަނަކުން ބަލާލުމުގެ ފުރުސަތު މިފަހަރުގެ އެގަޒިބިޝަންއިން ލިބިގެންގޮސްފައިވެ އެވެ. ކޮންމެ ކުރެހުމަކުންވެސް ޒުވާނުންގެ އިހްސާސްތައް ވަރަށް ރަނގަޅަށް ދައްކުވާދީފައިވެ އެވެ. އިއްޔެ އެ އެގްޒަބިޝަން ކާމިޔާބުކަމާއިއެކު ނިންމާލާފައިވާއިރު ނިންމާލުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ފަސްޓް ލޭޑީ ފަޒްނާ އަހްމަދުގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ އާޓް ގެލަރީއަށް ވަޑައިގެންފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އަހަރުގެ މާޗު 12 ވަނަ ދުވަހުން ފެށިގެން އާޓް ގެލަރީ ދޫކުރުން އޮތީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އެހެން ނަަމަވެސް އެޗްޕީއޭގެ އާ އާއްމު ހާލަތުގައި ކަނޑައަޅާފައިވާ އުސޫލުތަކާއިއެކު އާޓް ގެލަރީގައި ހަރަކާތަތައް ބޭއްވޭ ގޮތަށް ހުޅުވާލަން ނިންމާ އާޓް ގެލަރީގައި ހަރަކާތްތައް ބާއްވަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް