ads
އިންތިހާބުގެ ކުރިން ވޯޓުލާ މަރުކަޒުތަކަށް ވޯޓުލުމަށްޓަކައި އެއްވެ ތިބި ބައެއް
އިންތިހާބުގެ ތާރީހުގެ ކުރިން އެެމެރިކާއިން ވޯޓުލީ މީހުންގެ އަދަދު 80 މިލިއަަނަށްވުރެ މައްޗަށް
ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު 80 މިލިއަނަށްވުރެ މައްޗަށް އަރައިފި އެވެ.

ތާރީހުގެ ކުރިން ދުރާލާ މިހާ ގިނައަދަދެއްގެ މީހުން ވޯޓުލަމުންދަނީ އިންތިހާބު އޮންނަ ދުވަހު ދިގު ސަފުތައް ހަދައި ވޯޓުލުމަށް ބޭނުންނުވާތީ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. އެގޮތުން ވޯޓުލާ މަރުކަޒުތަކަށް ގޮސް އަދި އީމެއިލް މެދުވެރިކޮށް މިހާތަނަށް 80 މިލިއަނަށްވުރެ ގިނަމީހުންވަނީ ވޯޓު ލާފައެވެ. 

މިހާތަނަށް 20 ސްޓޭޓަކުން 18.2 މިލިއަން ޑިމޮކްރަޓް ޕާޓީގެ މީހުން ވޯޓުލާފައިވާއިރު ރިޕަބްލިކަންގެ ތެރެއިން ވޯޓުލާފައިވަނީ 11.5 މިލިއަން މީހުންނެވެ. އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މީހުންގެ ތެރެއިން 8.8 މިލިއަން މީހުންވެސް ވަނީ ދުރާލާ ވޯޓުލައިފައެވެ. ވޯޓުލީ ރިބަޕްލިކަންގެ މީހުންގެ އަދަދު ދަށްވެފައިވަނީ ޕޯސްޓު ނުވަތަ އީމެއިލް މެދުވެރިކޮށް ވޯޓުލާނަމަ ވޯޓު އޮޅުވާލުމުގެ ފުރުސަތު ބޮޑުކަމަށް ރައީސް ޓްރަންޕު ތަކުރާރުކޮށް ވިދާޅުވަމުންދާތީކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ މިއަހަރުގެ އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަނެވެ. މިހާތަނަށް ވޯޓުލީ މީހުންގެ އަދަދުތަކަށް ބަލައި ވޯޓުން ކުރީގައި އުޅޭކަމަށް ދައްކަނީ ބައިޑަނެވެ. ކޮވިޑް-19 ގައި އެންމެ ހާލަތު ގޯސް ގައުމުތަކުގެ ކުރީގައި އުޅޭ އެމެރިކާއިން މިހާތަނަށް 9.2 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 227،000 މީހުން ވަނީ ބަލީގައި މަރުވެފައެވެ. އެހެންނަމަވެސް ރައީސް ޓްރަމްޕް ދަނީ ތަކުރާރުކޮށް އެ ބަލީގެ ސަބަބުން އެއްވެސް ގެއްލުމެއް ނެތްކަމަށާއި ރައްކާތެރިވުމުގެ ގޮތުން ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށްވެސް ވެސް ބެލުމެއްނެތި އެމެރިކާއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރަމުންނެވެ. 

އެ ސަބަބަށްޓަކައި އެމެރިކާގެ ގިނަ އަަދަދެއްގެ ރައްޔިތުން ޓްރަމްޕް ރައީސް ކަމުން ދުރުކުރުމަށް ބޭނުންވާކަން މީގެ ކުރިން ނެގިފައިވާ ޕޯލްތަކުންވެސް ދައްކައެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޓަރަމްޕައަށް ނާކާމިޔާބީއާއި ކުރިމަތިވެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައި ނުގަންނަވާނެކަމަށް ގިނަ ބަޔަކުދަނީ ބުނަމުންނެވެ.

މި އަހަރުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ޖުމްލަ އަދަދު މިދިޔަ އިންތިހާބުގައި ވޯޓުލީ 138 މިލިއަން މީހުންނަށްވުރެ ބޮޑުތަނުން އިތުރުވާނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ. 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދުރާލާ ވޯޓުލާފައިވަނީ 47 މިލިއަން މީހުންނެވެ. ޓްރަންޕު ރައީސް ކަމުގެ ފުރަތަމަ ދައުރަކަށް ހޮވިފައިވަނީ އެއަހަރުގެ އިންތިހާބުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް