ރޭގެ ވަގުތެއްގައި އެ ދެ މީހުން ކައިވެނިކުރީ މުމްބާއީގައި އެކަމަށްޓަކައި ބޭއްވި ހަފްލާއެއްގަ އެވެ. ސޯޝަލް މީޑިއާގައި އެ ދެމީހުންގެ ކައިވެނީގެ ފޮޓޯތައް މިހާރު ދައުރުވަމުންދާއިރު ސަޕޯޓަރުން އަންނަނީ އެމީހުންނަށް މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެެވެ.
އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ދެ ތަރިން ކައިވެނިކުރިއިރު އެ ހަފުލާގައި އެމީހުންގެ ގާތް މީހުން ބައިވެރިވި އެވެ. އެކަމަކު ކޮވިޑް ފެތުރެމުންދާތީ އެ ކައިވެނިކުރީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އިޖުތިމާއީ ގައިދުރުކަން ފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ.
ކައިވެނީގެ ފޮޓޯތައް ކާޖަލް އަދި އޭނާގެ ފިރިމީހާ ވެސް އިންސްޓްރާމު މެދުވެރިކޮށް ސަޕޯޓަރުންނަށް އަދި ހިއްސާނުކުރި ނަމަވެސް ކާޖަލް ވަނީ އެމީހުންގެ ކައިވެނީގެ ކުރީގެ ހަފްލާތަކުގެ ފޮޓޯތައް ސަޕޯޓަރުންނަށް ދައްކާލާފަ އެވެ. އެގޮތުން ހަލްދީ އާއި މެހެންދީގެ ކަންކަން ކުރިއަށްދިޔައިރުގެ ފޮޓޯތައް އާންމުކުރި އެވެ.
ކާމިޔާބު ތަމަޅަ ފިލްމުތަކުން ފެނިފައިވާ ކާޖަލް ވަނީ އާރްޔާ 2 އަކާއި މިސްޓަ ޕާފެކްޓް އަދި ޓެމްޕާ އާއި ޑާލިން އަދި ނާޔަކް ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. އަދި ބޮލީވުޑުގެ ފިލްމުތަކުގައި ވެސް މިހާރު މަސައްކަތްކުރަމުންދާ ކާޖަލް ވަނީ އަޖޭ ދޭވްގަންއާއެކު ސިންގްހަމް އިން ވެސް ފެނިގެންގޮސްފަ އެވެ.
ކާޖަލް ދެން އެންމެ އަވަހަށް ފެންނާނީ ކަމާލް ހާސަން އާއެކު "އިންޑިއަން 2" އިންނެވެ. އެ ފިލްމުގެ ރާކުލް ޕްރީތް ސިންގް ވެސް އުޅެ އެވެ.