
އުމުރުން 40 އަހަރުގެ ކިމް ވަނީ އޭނާގެ ހެލޮވީން ކޮސްޓިއުމް ފޭނުންނަށް އިންސްޓަގްރާމް މެދުވެރިކޮށް ދައްކާލާފަ އެވެ. އެ ފޮޓޯތަކުގައި ކިމްގެ އާއިލާ ޕާޓީއައް ތައްޔާރުވެގެން ތިބޭ މަންޒަރު ފެނެ އެވެ.
ކިމް އާއި އާއިލާއިން ލާފައި ވަނީ ނެޓްފްލިކްސްގައި މަގްބޫލުވި "ޓައިގާ ކިންގް" ތީމް ކޮސްޓިއުމެވެ. އެގޮތުން ކިމް ހުރީ ކެރޯލް ބާސްކިން ވައްތަރު ހެދުމެއްގަ އެވެ.
ކިމްގެ އެންމެ ގާތް އެކުވެރިޔާ ޖޮނަތަން ޗެބަން ހުރީ ޖޯ އެގްޒޯޓިކްގެ ގޮތުގަ އެވެ. ކިމްގެ ދަރިން، އުމުރުން ހަތް އަހަރުގެ ނޯޓު، ހަތަރު އަހަރުގެ ސެއިންޓް، ދެ އަހަރުގެ ޗިކާގޯ އަދި 16 މަހުގެ ސޭލްމް ތިބީ ކުޑަ މިނިކާވަގެއްގެ ކޮސްޓިއުމްގަ އެވެ.
ކިމްގެހެލޮވީންއަށް ކިމް މިފަދަ ގޮތަކަށް ތައްޔާރުވެފައި ވާއިރު، ކިމްގެ އުފަން ދުވަހަށް މިދިޔަ ހަފްތާގައި ފިރިމީހާ ކާންޔޭ ވެސްޓް ވަނީ ފާހަގަކުރެވޭ ބޮޑު ހަދިޔާއެއް ދީފަ އެވެ.
އެއީ ކިމްގެ މަރުވެފައިވާ ބައްޕަ ރޮބަޓް ކާޑޭޝަންގެ ހޮލޯގްރާމެކެވެ. އެއީ "ސަޕްރައިޒް ފްރޮމް" ހެވަން" ކަމަށް ބުނެ ކިމް ވަނީ ކާންޔޭއަށް ޝުކުރު އަދާކޮށްފަ އެވެ.