ads
އެމްޓީސީސީއިން ވ. ފެލިދޫގައި ހެދި ބަނދަރު--
އެމްޓީސީސީ އަށް ޑިރެކްޓަރެއް އައްޔަންކުރުން އަންނަ މަހު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ކުންފުނީގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އެމްޓީސީސީ އިން އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން އެ ކުންފުނީގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު ވާޗުއަލްކޮށް އެ ދުވަހުގެ ހަވީރު އެވެ. އެ ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން އެ ކުންފުންޏަށް ޑިރެކްޓަރަކު އިންތިހާބުކުރަން ތާވަލުކޮށްފައިވާ އިރު، އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ ހިއްސާދާރުންނަށް ވަނީ ހުޅުވާލެވިފަ އެވެ.

އެމްޓީސީސީ އިން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ ކުންފުނީގެ އާންމު ޖަލްސާ ބާއްވައިފައެވެ. ވާޗުއަލްކޮށް ކުރިއަށް ގެންދެވުނު އެ ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން އެ ކުންފުންޏަށް ޑިރެކްޓަރެއް އައްޔަންކޮށްފައިވާ އިރު، ހިއްސާއަކަށް 2 ރުފިޔާ ބެހުމަށް ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން، އެ ޖަލްސާގައި 2019 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ބެލެންސް ޝީޓާއި، ޑިރެކްޓަރުންގެ ރިޕޯޓުގެ އިތުރުން، 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ފާސްކޮށްފައިވެ އެވެ.

ދާދިފަހުން އެމްޓީސީސީ އިން އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ނެރެފައިވާ އިރު، އެ ކުންފުންޏަށް ވަނީ ފައިދާގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 951.72 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އެމްޓީސީސީގެ 39 އަހަރުގެ ހަޔާތުގައި މިހާތަނަށް އެ ކުންފުންޏަށް އެންމެ ފައިދާ ބޮޑު އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް