ads
ތުރުކީގައި ވެއްޓިފައިވާ އިމާރާތެއް-- ފޮޓޯ: ރޮއިޓާޒް
ދިވެހިން ތިބީ ތުރުކީ އަދި ގްރީސްގެ ރައްޔިތުންނާއެކު: މިނިސްޓަރު ޝާހިދު
ބާރުގަދަ ބިންހެލުމަކާއި ސުނާމީއެއްގެ ސަބަބުން އަސަރުކޮށްފައިވާ ތުރުކީ އަދި ގްރީސްގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ތިބި ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ތުރުކީ ކައިރިން އެއިޖިއަން ކަނޑު ސަރަހައްދަށް އިއްޔެ ހަތެއް މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން ވަނީ ސުނާމީއެއް އުފެދިފަ އެވެ. އޭގެ އަސަރު ކުރީ ތުރުކީ އާއި ގްރީސް އަށެވެ. މިހާތަނަށް 26 މީހަކު މަރުވެފައި ވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފަ އެވެ. 

އެ ހާދިސާއާ ގުޅިގެން މިނިސްޓަރު ޝާހިދު ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. 

ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ގްރީސް އަދި ތުރުކީގެ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.  

އޭގެ އިތުރުން މީހުން ސަލަމާތްކުރުމުގެ މަސައްކަތް ވީހާވެސް އޮމާންކޮށް، އަވަސް މިނެއްގައި ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އިއްޔެ އެއިޖިއަން ކަނޑަަށް އައި ބިންހެލުމަށް ފަހު 196 އާފްޓާޝޮކް ނުވަތަ ކުދި ބިންހެލުންތައް އައި ކަމަށް ރިކޯޑްތަކުން ދައްކަ އެވެ. މި ހާދިސާގައި ގްރީސް އަށް ވުރެ ބޮޑަށް ތުރުކީއަށް އަސަރުކޮށްފައިވާ ކަމަށް ބޭރުގެ ހަބަރުތަކުން ރިޕޯޓު ކުރެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް