ads
އާޓް އެގްޒަބިޝަންގެ ތެރެއިން--
"އަންވެއިލިން ވިޝަންސް" އިން ހުނަރުވެރި މަންޒަރުތަކެއް
ދިވެހިންނަކީ ފަންނުވެރި ހުނަރުވެރި ބައެކެވެ. ދިވެހިންގެ ކަސަބު ލިބާހާއި ކުނާ ވިޔުން ފަދަ އެތައް ހުނަރެއް އިހުގައި ފެނިގެން ގޮސްފައި ވާއިރު، ތަފާތު އެކި ހުނަރުތައް ލިބިފައިވާ އެތައް ދިވެހިންނެއް މިއަދުގެ މުޖުތަމައުގައި ވެސް އެބަ އުޅެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނިމުމަކަށް އައި "އަންވެއިލިން ވިޝަންސް 2020" ކުރެހުމުގެ މައުރަޒުން ފެނިގެން ދިޔައީ ހުނަރުން ފުރިގެންވާ ދިވެހިންގެ އުފެއްދުންތަކެވެ. އެކި ބާވަތްތަކުގެ ކުރެހުންތައް އެ މައުރަޒުގައި ހުރިއިރު، ގިނައީ ދިވެހިންގެ މުޖުތަމައާ ގުޅުން ހުރި އުފެއްދުންތަކެވެ. 

your imageމައުރަޒުގައި ދައްކާލި އުފެއްދުމެއް--

your imageމައުޒަރުގައި ދައްކާލި ކުރެހުމެއް--

މައުރަޒުން ފެނުނު އެކި އުފެއްދުންތައް ޓްވިޓާ އާއި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުވެފައި ވާއިރު، ހުރިހާ އެންމެން ވެސް ވަނީ އެ ކުރެހުންތަކާއި އުފެއްދުންތަކުގެ މޮޅު ކަން ފާހަގަކޮށްފަ އެވެ.

އާޓް ފަދަ ދާއިރާތަކުން ކުރިއަށް ދިޔުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިއްމު ކަން ވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާހަގަކޮށްފައި ވެއެވެ.

your imageމައުރަޒުގައި ހުރި ކުރެހުމެއް--

your imageމައުރަޒުގައި ހުރި ކުރެހުމެއް--

"އަންވެއިލިން ވިޝަންސް 2020" މައުރަޒާ ގުޅޭ ހާއްސަ ކުރު ޑޮކިޔުމެންޓްރީއެއް މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ. ރާއްޖޭގެ ސްޓްރީމިން ސާވިސް "ބައިސްކޯފް" އިން އެ ޑޮކިޔުމަންޓްރީ ބަލާލެވޭނެ އެވެ. 

ޒުވާނުންގެ ގައުމީ ދުވަހާ ދިމާކޮށް އެ މައުރަޒް ހުޅުއްވައި ދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވިދާޅުވީ ތަރައްގީ އާއި ކުރިއެރުން އެންމެ ބޮޑަށް ގުޅިފައި ވަނީ ޒުވާނުންގެ ހުނަރާއި ފަންނުވެރިކަމުގެ މައްޗަށް ކަމަށެވެ.

އެހެންކަމުން މިފަދަ މައުރަޒުތަކުން ފެންނަ ހުނަރުވެރި ދިވެހިންގެ އަގު ވަޒަންކޮށް، އެމީހުން ކުރިއަށް ދާނެ މަގުތަކެއް ދެއްކުން މުހިއްމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް