ads
2018 ގައި ބޭއްވި އައިއެމްޓީއެމް އިވެންޓް-- ފޮޓޯ: ޕީއެސްއެމް
މި އަހަރުގެ އައިއެމްޓީއެމް އިވެންޓް ތިމާވެއްޓާއި ރައްޓެހިވާނެ
އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) އިން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްޕޭން އިވެންޓް ތިމާވެއްޓާއި ރައްޓެހި އިވެންޓަކަށް ހަދަން ނިންމައިފި އެވެ.

އެމްއައިޑީ މާކެޓިންއާ ގުޅިގެން އައިއެމްޓީއެމްގެ ކެމްޕޭން އިވެންޓް އަންނަ މަހުގެ 16 އާއި 17 ގައި ބާއްވަން ހަމަޖެހިފައިވާ އިރު، މި އަހަރުގެ އިވެންޓް ކުރިއަށް ގެންދާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ތިމާވެއްޓާއި ރަށްޓެހި ގޮތަކަށް ކަމަށް އެ އިވެންޓް އިންތިޒާމް ކުރާ އައިއެމްޓީއެމް ޕްރައިވެޓް ލިމިޓެޑް ފަރާތުން ވަނީ ބުނެފައެވެ.

އެގޮތުން މި އަހަރުގެ އިވެންޓްގައި ވޭތުވެދިޔަ އަހަރު ބޭނުންކޮށްފައިވާ ޕޯސްޓަރުތައް ބޭނުންކުރުމަށް ނިންމާފައިވަނީ އެ ޕޯސްޓަރުތަށް ގިނަ ދުވަސްވަންދެން ހަލާކުނުވެ ހުރުމުން ކަމަށާއި، އޭގެ ސަބަބުން އިވެންޓް ބާއްވަން ބޭނުންވާ ހަރަދުތައް ކުޑަވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް މަދުވާނެތީ ކަމަށް އައިއެމްޓީއެމް ޕްރައިވެޓް ލިމިޓެޑް އިން ވަނީ ބުނެފަ އެވެ.

ފާއިތުވެގެންދިޔަ ދެ އަހަރުގައިވެސް އައިއެމްޓީއެމް ގެ އިވެންޓްތައް ބާއްވާފައިވަނީ އަދާރަން ހުދުރަންފުށި ރިސޯޓްގެ އިތުރުން ފަރުކޮޅުފުށި އިވެންޓް ސްޕޭސްގަ އެވެ.

އައިއެމްޓީއެމް އަކީ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންނާއި އެއްތަނަކުން ދިމާވެ، އެ ތަނެއްގައި ހުންނަ ފުރުސަތުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޓްރެވަލް އެންޑް ޓްރޭޑް އިވެންޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް