ads
މީގެ ކުރިން ބާއްވާފައިވާ އެކްސްޕޯއެއް--
މިއަހަރުގެ މެރިން އެކްސްޕޯ ޑިސެމްބަރު މަހު ވާޗުއަލްކޮށް ބާއްވަނީ
ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ "މެރިން އެކްސްޕޯ 2020" ޑިސެމްބަރު މަހު ވާޗުއަލްކޮށް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މީޑިއަމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމް ކުރާ "މެރިން އެކްސްޕޯ 2020" މިއަހަރު ބާއްވަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ވާޗުއަލްކޮށެވެ.

މިއަހަރުގެ އެކްސްޕޯގެ ތީމްއަކީ "ސެލެބްރޭޓިން މެރިން ހެރިޓޭޖް" އެވެ. އެ އެކްސްޕޯގެ ތެރެއިން މާކެޓިން ކެންޕެއިނެއް ފެށުމަށް ރާވާފައިވާއިރު އެ އެކްސްޕޯގެ ވާޗުއަލް އެޑިޝަންގައި ބޯޓިން އެވޯޑު ދިނުމަށްވެސް ވަނީ ހަމަޖައްސާފަ އެވެ. 

މެރިން އެކްސްޕޯ މެރިން ދާއިރާގައި މަސައްކަތްކުރާ ދިވެހި އަދި ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުގެ އުފެއްދުންތައް ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯގެ ސަބަބުން ބޯޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކަށް އައިސް އެ ފަރާތްތަކުގެ ޕްރޮޑަކްޓް ޕްރޮމޯޓްކުރުމަށް އެހީތެރިވެދޭނެކަމަށް އެންބީއޭއެމްއިން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް