ގޭމް އިން އެ އެސޯސިއޭޝަންގެ އިސް މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބޭއްވި ވޯޓުލުމުގައި އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އަބްދުﷲ ނަޝީދު ހޮވިފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 51 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އޭނާއަކީ އެ އެސޯސިއޭޝަންގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަބްދުﷲ ތަމްސީލް ކުރައްވަނީ ކާނި ގްރޭންޑް ސީވިއު ގެސްޓްހައުސްކަމަށް ވާއިރު އަބްދުﷲ އަކީ އެތަނުގެ ސީއީއޯ އެވެ. އޭނާގެ އިތުރުންވެސް އެ އެސޯޝިއޭޝަންގެ އެކި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް މިއަދު ވަނީ މެންބަރުންގެ މެދުގައި ވޯޓުލާފައެވެ.
އެގޮތުން އެ އެސޯސިއޭޝަންގެ ނައިބް ރައީސް ކަމުގެ މަގާމަށްވެސް ބޭފުޅަކު ހޮވާފައިވެއެވެ. އެމަގާމަށް ހޮވިފައިވަނީ ޕޮއިންޓް އިން ގެސްޓްހައުސް ތަމްސީލް ކުރެއްވި ހަމްޒާ ގާސިމް އެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވިފައިވަނީ ސައިދުﷲ އަހުމަދު އެވެ. އޭގެ އިތުރުން ކޯޕަރޭޓް އެފެއާޒްގެ މަގާމަށް ރާއިފް ޝާޒް ވަލީދު ހޮވިފައިވާއިރު އެކްސްކޯގެ ދެ މެންބަރުންނަށް ހޮވިފައިވަނީ އަހުމަދު ވަހީދު އާއި އަހުމަދު ސަމާހު އެވެ.
ގޭމްގެ ހުސްވެފައިވާ އެ ހަ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް ގިނަ ބަޔަަކަށް އެ މަގާމުތަކަށް ކުރިމަތިލިމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ މުއްދަތު 20 އިތުރުކޮށްދީފައިވެ އެވެ.