ads
ތޫފާން ގޯނީ ސެޓަލައިޓް ފޮޓޯ--
ތޫފާން ގޯނީ: މިސްރާބު ހުރީ ފިލިޕީންސްއާ ދިމާލަށް
ބާރުގަދަ ތޫފާން ގޯނީގެ މިސްރާބު ހުރީ ޕިލިޕީންސްއަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ތުފާން ކުރިއަށް އޮތް ވަގުތުތަކުގައި ޕިލިޕީސްއަށް އަރާނެ ކަމަށް ލަފާކުރެވޭއިރު 794,000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

މި ތޫފާނުގައި ގަޑިއަކު 195 ކިލޯމީޓަރަށް ވައިޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 235 ކިލޯމީޓަރަށް ވައިގަދަ ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ބޯކޮށް ވާރޭވެހުމާއެކު ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ބޮޑެތި ހާދިސާތަކެއް ވެސް ހިނގާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ. 

ޕެސިފިކް ކަނޑުގައި އުފެދުނު މި ތޫފާން ފިލިޕީންސްއާ ދިމާލަށް ދަތުރު ކުރަމުން އަންނަނީ ގަޑިއަކު 25 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށް ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިހާރު ލަފާކޮށްފައިވާ ބާރުމިނިގައި ތޫފާން އަރައިފިނަމަ މިއީ ދުނިޔޭގެ ތާރީހުގައި އެންމެ ވަރުގަދަ އެއް ތޫފާނަށް ވާނެ ކަމަށް ތަޖްރިބާކާރުން އަންނަނީ ބުނަމުންނެވެ. 

މި ތޫފާންގެ އިތުރުން ތޫފާން "އަތްސަނި" ގެ ނަމުން ނަންދީފައިވާ ތޫފާނެއް ވެސް ޕިލިޕީންސްގެ ބޭރުން ބާރުގަދަވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ތޫފާން އަރާ ވަގުތު ގަޑިއަކު 55 ކިލޯމީޓަރަށް ވައިޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 70 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ފިލިޕީންސަށް މިދިޔަ ހަފްތާގެ ތެރޭގައި ވެސް ވަނީ ބޮޑު ތޫފާނެއް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. "މަނިލާ" ގެ ނަމުން ނަންދީފައިވާ އެ ތޫފާނުގައި 22 މީހުން މަރުވެފައި ވެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް