ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އަރިއަތޮޅު އުތުރުބުރީ މާޅޮސް ކައުންސިލާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

Advertisement
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އަރިއަތޮޅު އުތުރުބުރީ މާޅޮސް ކައުންސިލާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މާޅޮހު ކައުންސިލަރުން ވަނީ މާޅޮހުގެ ތަރައްގީއަށް މުހިއްމު ކަންކަމާ ބެހޭގޮތުންނާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ބައެއް މައްސަލަތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން ރަށުގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތާއި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި އޮތުމުން އެކަމުގެ ކަންބޮޑުވުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވި އެވެ.
މީގެއިތުރުން ޒުވާނުންގެ މަރުކަޒެއް ރަށުގައި ގާއިމުކުރުމުގެ މުހިއްމުކަމާއި ޒުވާނުންނާ ގުޅުންހުރި އިތުރު މަޝްރޫޢުތަކާއި އަދި ރަށުގެ އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ހިންގަން ބޭނުންވާ މުހިއްމު މަޝްރޫއުތަކާބެހޭ ގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވި އެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މާޅޮހުގެ ފެނާ ނަރުދަމާގެ މަސައްކަތާއި ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެކަން ފާހަގަކުރެއްވި އެވެ.
ހަމައެހެންމެ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.