ads
ސައުދުﷲ--
ސައުދުﷲ ގެ ޕޮލިސް ރެކޯޑް ސާފު: ގޭމް
ދާދިފަހުން ރާއްޖޭގެ ގެސްޓްހައުސް އެސޯސިއޭޝަން (ގޭމް) ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އިންތިހާބުކުރެވިފައިވާ ސައުދުﷲ އަހްމަދު ހަސަން ދީދީގެ ޕޮލިސް ރެކޯޑެއް ނެތްކަމަށް ގޭމް އިން ބުނެފިއެވެ.

މީގެ ކުރިންވެސް ގޭމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް އަދާކޮށްފައިވާ ސައުދުﷲ އަހްމަދުގެ މައްޗަށް މިދިޔަ އަހަރު ވަނީ އެ އެސޯސިއޭޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކޮށްފައެވެ. އެ މައްސަލައިގައި އޭނާ ވަނީ އެސޯސިއޭޝަނުން ސަސްޕެންޑްކޮށް، އެންމެ ފަހުން މަގާމުން ވަކިކޮށްފައެވެ. އެގޮތުން އޭނާ ވަކިކޮށްފައިވަނީ ގޭމްގެ ހުރިހާ ބޯޑު މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ އެންމެ އެކަށީގެންވާ ގޮތަށް ނުބެލޭ ކަމަށް ވިދާޅުވެ، އޭރުގެ ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އެސޯސިއޭޝަނުން މައުލޫމާތު ދެއްވި ބޭފުޅަކު ސީއެންއެމް އަށް ވިދާޅުވީ ސައުދުﷲ އަށް އިންތިހާބުގައި ބައިވެރިވެވުނީ އޭނާގެ ޕޮލިސް ރިޕޯޓާއި، ހުށަހަޅާފައިވާ އެހެނިހެން ލިޔެކިއުންތަކަށް ބަލާއިރު އޭނާ ކުށެއް ކޮށްފައިވާ ކަން ސާބިތުވެފައި ނެތީމަ އެވެ.

ގޭމްގެ ހަ މަގާމެއް ހުސްވެފައިވާކަން އެ އެސޯސިއޭޝަނުން މިދިޔަ މަހު އިއުލާންކޮށްފައިވާ އިރު، އިއްޔެ ވަނީ އެ މަގާމްތަކުގެ އިންތިހާބު ބާއްވައިފައެވެ. އެގޮތުން ގޭމްގެ ރައީސަކަށް އަބްދުﷲ ނަޝީދު (ކާނި ގްރޭންޑް ސީވިއު) ހޮވިފައިވާ އިރު، ނައިބު ރައީސަކަށް ހޮވުނީ ހަމްޒާ ގާސިމް (ޕޮއިންޓް އިން) އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް