ads
ދީބާޖާ އަށް 174 މިލިއަން ދޫކުރަން ރައީސް ނިންމަވައިފި
ދީބާޖާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާގެ ދައްކަށް ކޮށްފައިވާ ހުކުމް، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީގެ ނިންމުމާ އެއްގޮތަށް ދީބާޖާއަށް 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމައިފި އެވެ.
ދީބާޖާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާގެ ދައްކަށް ކޮށްފައިވާ ހުކުމް، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީގެ ނިންމުމާ އެއްގޮތަށް އެކުންފުންޏަށް 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ކޮމެޓީގެ ލަފައާ އެއްގޮތަށް 174 މިލިއަން ދީބާޖާއަށް ދޭން ރައީސް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އެފައިސާ މިހާތަނަށް ދޫކޮށްފައި ނުވާ ކަމަށް ހޫދު ވިދާޅުވިއެވެ.

އެގޮތުން އެ ފައިސާ ދައްކާނެ ގޮތުގެ އުސޫލެއް ސަރުކާރުން އެކުލަވާލާނެ ކަމަށް ވެސް ހޫދު ވަނީ ވިދާޅުވެފައެވެ.

ދީބާޖާއަކީ ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ކުރުމަށް އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެވެ.

ނަމަވެސް 2013ވަނަ އަހަރު އެ ކުންފުންޏާއި އެކުގައި ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލާފައެވެ. އަދި އެ އެއްބަސްވުން އުވާލާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށެވެ. އެއްބަސްވުން އުވާލީ ދީބާޖާ ކުންފުނިން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށްބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް