އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި މިލާނަށް ފުރަތަމަ ކުރި ލިބުނީވެސް އުމުރުން ތިރީސް ނުވަ އަހަރުގެ ޒްލަޓާންގެ އެސިސްޓަކުންނެވެ. ފަހުން އުދިނޭޒީން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ.
އެހެންނަމަވެސް މެޗު ނިމުމުގެ ކުރިން ޒްލަޓާން ވަނީ މޮޅު ގޯލެއް ޖަހައި މިލާނަށް މެޗުން ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ. އިދިކޮޅު ދެ ކުޅުންތެރިންނާއި ކީޕަރު ވިއްދާފައި ހުއްޓާ ޒްލަޓާން ޖެހި ބައިސިކަލް ކިކަށް ސޯޝަލް މީޑިއާގައި އަންނަނީ ގިނަ ބައެއްގެ ތައުރީފު އޮހެމުންނެވެ.