ads
ޓައިފޫން ގޯނީ---
އަހަރުގެ އެންމެ ބާރުގަދަ ތޫފާން ގޯނީ: ފިލިޕީންސްއިން މިހާތަނަށް ހަތް މީހުން މަރުވެއްޖެ
އަހަރުގެ އެންމެ ބާރުގަދަ ތޫފާން "ގޯނީ" ފިލިޕީންސް އަށް އަރާ މިހާތަނަށް ހަތް މީހުން މަރުވެ ފިލިޕީންސްގެ އެކި އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓައިފޫން ގޯނީގެ ނަމުން ނަން ދީފައިވާ އެ ތޫފާން ފިލިޕީންސްގެ ކަޓަޑުއަންސް އައިލޭންޑަށް އަރާފައިވަނީ އެ ގައުމުގެ ގަޑިން ފަތިހު 4:50ގައެވެ. 

ބޯވާރެއާއިއެކު ގަޑިއަކު 225 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާއިރު ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ އިތުރުން ޗަކަ ފޭބުމުގެ ހާދިސާތައްވެސް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން ވިލާގަޑު ގަދަވެ، 225 ކިލޯމީޓަރުގެ ބާރުމިނުގައި ޖެހެމުންދިޔަ ގަދަވައިގެ ސަބަބަުން ގަސްތައްވެސް ވެއްޓެމުންދާތީ ގަހެއް ދަށުވެ މީހާތަނަށް އެކަކު މަރުވެފައިވެއެވެ. އަދި ގެބިގެންނާއި ވޯލްކެނޯ ޗަކަގަނޑުގެ ތެރެއަށް ދަމައިގަތުމުގެ ސަބަބުންވެސް އެ ސަރަހައްދުން މީހުންދަނީ މަރުވަމުންނެވެ. މިހާތަނަށް ހަތް މީހެއް މަރުވެފައިވާއިރު، ތޫފާން އެރި ފަހުން 70،000 މީހުންގެ އާބާދީއެއް އޮންނަ ކަޓަޑުއަންސް އައިލޭންޑުގައި އޮންނަ ވިރަކް އަވަށުން ވަނީ މުވާސަލަތީ ހިދުމަތްތައް ކެނޑިފައެވެ.

your imageތޫފާން ގޯނީ ޕިލިޕީންސްގެ އަވަށަކަށް އަރާފައި--

ފިލިޕީންސްގެ މައި ރަށްކަމުގައިވާ ލުޒޯންއަށް ތޫފާން ފޯރިއިރު ތޫފާނުގެ ބާރު ކުޑަވެފައި ވީނަމަވެސް މޫސުމާބެހޭ އިދާރާއިންވަނީ އަދިވެސް އާދަޔާ ހިލާފަށް ގަދަ ވަޔާއި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ދަމައިގަތުމުގެ ހާދިސާތައް ހިންގާފާނެކަމުގެ އިންޒާރު ދީފައެވެ.

ފިލިޕީންސަކީ ބާރުގަދަ ތޫފާންތަކަށް އާ ގައުމެއް ނޫނެވެ. އަހަރަކު ގާތްގަނޑަކަށް 20 ތޫފާން އެ ގައުމަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލިޕީންސަށް މިދިޔަ ހަފްތާގެ ތެރޭގައި ވެސް ވަނީ ބޮޑު ތޫފާނެއް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. "މޮލާވް" ގެ ނަމުން ނަންދީފައިވާ އެ ތޫފާނުގައި 22 މީހުން މަރުވެފައި ވެއެވެ.

މި ތުފާން ޕިލިޕީސްއަށް އަރާނެ ކަމަށް އިއްޔެ ލަފާކޮށްފައިވީއިރު އެގައުމުންދިޔައީ ތޫފާންއިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން 794,000 އަށް ވުރެ ގިނަ މީހުން ތޫފާންގެ ކުރިންވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް