ads
ހުޅުދެލީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
ހުޅުދެލި ބަނދަރު މަޝްރޫއުގެ 23 ޕަސަންޓު ނިމިއްޖެ
ދ. ހުޅުދެލީގައި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 23 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 23 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން ހުޅުދެލީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ 55 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ.

ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 45،585 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 277 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މަގު ބައްތި ހަރުކުރުމާއި، 2،160 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.

މި އަހަރުގެ ޖޫން 25 ގައި މޮބިލައިޒްކޮށްފައިވާ އެ މަޝްރޫއު، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 39.8 މިލިއަން ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް