އިޓާލިއަން ލީގުގައި ރޭ ރޮނާލްޑޯ ދެ ގޯލް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އެވެ.
ކޮވިޑާ ގުޅިގެން ގާތްގަނޑަކަށް ވިއްސަކަށް ދުވަހު، ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް ރޮނާލްޑޯ އައި މެޗުން ޔުވެންޓަސް މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ.
ރޮނާލްޑޯ ދެ ގޯލް ޖެހި މި މެޗުގައި ޔުވެންޓަސްގެ އަނެއް ދެ ގޯލް ޖެހީ މޮރާޓާ އާއި އޭޑްރިއަން ރަބިއޯ އެވެ. ރޮނާލްޑޯގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ޕެނަލްޓީ އެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;