ads
ދޫނިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
ދޫނިދޫ ބަނދަރުގެ ހެދުމުގެ މަސައްކަތް ފަށައިފި
ކ. ދޫނިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފަށައިގަނެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ދޫނިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 10 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުނުގެ މަސައްކަތުގެ 39 އިންސައްތަ ވަނީ ނިމިފަ އެވެ.

އެ މަޝްރޫއުގެ ދަށުން 4.61 އޭކަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 3.75 އޭކަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 370 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 250 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 250 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 21 ގައި މޮބިލައިޒްކުރި އެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ އިން 51.4 މިލިއަން ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް