ads
އީވާ އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އައިންތުގެ ޓެކްސީއަށް ހަމަލާދިނުން އެންއައިސީން ބަލަން ޖެހޭ: އީވާ
ކޮންމެ ފަހަރަކު ހެކި ނެތް ކަމަށް ބުނެ އަންހެން ޓެކްސީ ޑްރައިވަރަށް ގެއްލުންދޭ މައްސަލަ ފުލުހުން ނުބަލައިގެން އުޅޭ ސަބަބު ނޭޝަނަލް އިންޓެގްރެޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރަށް ގެއްލުންދޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވެއްދި މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ފަސް ފަހަރެއްގެ މަތިން އައިންތުއަށް އެފަދަ ހަމަލާއެއް އައުމުން ވެސް ހެކި ނެތް ކަމަށް ބުނެ ކަންކުރި މީހުން ދޫކޮށްލާއި، ފުލުހުން އެ މައްސަލަ ނުބަލައިގެން އުޅޭ މައްސަލަ އެންއައިސީން ބަލަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

އީވާ ވިދާޅުވީ އެ މައްސަލައަކީ ހާއްސަ ސަމާލުކަމެއްދީގެން ބަލަންޖެހޭ މައްސަލައެއް ކަަމަށް ވެސް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އާމްދަނީ ހޯދަން ޓެކްސީ ދުއްވާ ހަމައެކަނި އަންހެން މީހާއަށް ފަސް ފަހަރަށް ހަމަލާދިނުން ހާއްސަ ނަޒަރަކުން ބަލަންޖެހޭކަން ފާހަގަކުރަައްވާ އީވާ ވިދާޅުވީ އެކަމުގައި އޮތީ ޒާތީކަމެއްތޯ ނުވަތަ "ހޭޓް ކްރައިމް" އެެއްތޯ ބަލަން ޖެހޭ ކަމަށެވެ. 

"މިއީ ޒާތީކަމެއްތޯ ނުވަތަ މިއީ ހޭޓް ކްރައިމެއްތޯ މިހާރު ބަލާ ހިސާބަށް ގޮސްފި. މިއީ ބަޔަސް ކްރައިމްއެއްތޯ، ވަކި ޖިންސެއްގެ ވަކި ނަސްލެއްގެ ވަކި ސޯޝަލް ގްރޫޕެއްގެ ވަކި ކަހަލަ މީހަކަށްވީތީ އަންނަ ހަމަލާތަކަކީ އެއީ ހޭޓް ކުރައިމޭ މިކިޔަނީ،" 

އޭގެ އިތުރުން، އީވާ ވަނީ އެ މައްސަލަ ބެލުމަށް ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ވެސް ގޮވާލަފަ އެވެ. އީވާ ވިދާޅުވީ އައިމިނަތު ވަހީދާއަށް ދެމުންދާ ހަމަލާއަކީ އާމްދަނީ ހޯދަން ވަޒީފާ އަދާކުރާ ހުރިހާ އަންހެނުން ފަސްޖައްސަން ދޭ ހަމަލާތަކެއް ކަމަށެވެ. އެގޮތުން ވަޒީފާއަށް ނިކުންނަ ކޮންމެ ފަހަރަކު އެވަރަށް ހަމަލާދޭނަމަ ފަސް ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އެހެންކަމުން، އައިންތުއަށް އިންސާފު ހޯދައިދިނުމަކީ އެކަން ކުރި މީހުން ހޯދުން އެކަނި ނޫން ކަމަށެވެ. އަދި އައިންތުއަށް އިންސާފު ލިބުން ކަމަށްވާނީ އަލުން އަނބުރާ ހިތްހަމަޖެހިގެން ރައްކާތެރިކަމާއެކު ވަޒީފާއަށް ނިކުމެވޭނެ ނިޒާމު ގާއިމުކޮށްދީގެން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް