ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ނޮވެމްބަރު 3 ގައި ރާއްޖެ ދިފާއު ކުރީ ދިވެހި ސިފައިން: ނަޝީދު
ނޮވެމްބަރު 3، 1988 ވަނަ ދުވަހު ސްރީލަންކާގެ ތަމަޅަ ޓައިގަރުން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރީ ދިވެހި ސަފައިން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވަނީ މާދަމާއަކީ ނަސްރުގެ ދުވަސް ކަމުން އެދުވަހާއި ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކުރަނީ އެދުވަހު ސިފައިންގެ މައި މަރުކަޒަށް ދިން ހަމަލާ ދިވެހި ސިފައިން ދިފާއުކުރި ކުރުން ފާހަގަކުރުމަށް ކަމަށެވެ. 

"ނަސްރުގެ ދުވަހެއް ގެ ގޮތުގައި ފާހަގަ ހަގީގަތުގައި މި ކުރަނީ، ސާބިތުކަމާއެކީ ގައި ސިފައިން ރައްދު ހަމަލާދީ އެ މަރުކަޒު ސިފައިން ހިމާޔަތް ކުރި ކުރުން."

އެދުވަހުގެ ހަމަލާއަކީ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުން ރާއްޖެ ހިފުމަށް ދިން ހަމަލާއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ދުވަހު ސިފައިން ކުރި މަސައްކަތާ މެދު ޝައްކު އުފައްދާ އޮޅުވާލައިގެން ނުވާނެ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެދުވަހު ރައީސް މައުމޫން އަބްދުލްގައްޔޫމް ކެބިނެޓްގެ ބައެއް ވަޒީރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު ހުރިހާ ގައުމެއްގެ އެހީއަށް ރާއްޖޭން އެދުމަށް ނިންމެވީ ކަމަށެވެ. ރާއްޖޭން އެދުނު އެދުމަށް އެމެރިކާ އާއި އިނގިރޭސިވިލާތާއި ސްރީލަންކާ އަދި އިންޑިއާ ވަރަށް ބޮޑަށް އިޖާބަދިން ކަމަށާއި، އެހެން ނަމަވެސް އެ ދުވަހު ރާއްޖެއަށް ހަތިޔާރާ އެކު ސިފައިން ފޮނުވަން އެއްބަސްވީ ހަަމައެކަނި އިންޑިއާއިން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއަށް އައި އިރު ދިވެހި ސިފައިން، ސިފައިންގެ ދިފާއުކޮށްފައިވާ ކަމަށެވެ. އަދި ޓެރަރިސްޓުން ހައްޔަރު ކުރީ އިންޑިއާ ސިފައިން ކަމަށާއި، އޭގެ ފަހުން ދެ އަހަރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށެވެ. 

ނަވާރަސަތޭކަ ނުވަދިހަ އެއްވަނަ އަހަރު އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔައީ އެކަމަށް ދިވެހިން ނޭދި ތިއްބާ ކަމަށާއި، އަދި މިއަދާ ހަމައަށް ވެސް ރާއްޖޭގެ ދިފާއު ވަރުގަދަ ކޮށްދޭން އިންޑިއާއިން އެހީތެރިވަމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް