ފުލުހުން ބުނީ ޖަނަވާރަކަށް އަނިޔާކުރި މައްސަލައެއް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފުލުހުންގެ ސަމާލުކަމަށް ގެނައުމާއެކު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އައްޑޫގައި ވާލަކަށް އަނިޔާކުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު މައުލޫމާތު ލިބޭ ގޮތުގައި އެއީ އައްޑޫ ހިތަދޫގައި ހިނގި ހާދިސާއެކެވެ. އެކަމަށް ގިނަ ބައެެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.