ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
ސަރުކާރުން ކޮށްފައިވާ ހޭދަތައް ދަށްވެއްޖެ
ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ކޮށްފައިވާ ހޭދަތައް ދަށްވެއްޖެ އެވެ.

އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުގެ އެކި ހަރަދުތަކަށް 2.222 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ 3.061 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 27.4 އިންސައްތަ ދަށް އަދަދެކެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ކޮށްފައިވާ ހޭދައަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ސަރުކާރުގެ މުވައްޒަފުންގެ އެލަވަންސް ތަކަށެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މުވައްޒަފުންގެ މުސާރައަށެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގައި މުވައްޒަފުންގެ އެލަވަންސްތަކަށް 372.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި މުވައްޒަފުންގެ މުސާރައަށް 397.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ސަރުކާރު ހިންގުމުގެ ހަރަދުތަކަށް ބަލާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރު ހިންގުމުގެ ހަރަދުތައް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ދަށްވެފައެވެ. އެގޮތުން ސަރުކާރު ހިންގުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހުގައި 626.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 894.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 30 އިންސައްތަ ދަށް އަދަދެކެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރަށް ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިރު، ސަރުކާރުން ކޮށްފައިވާ ހޭދަތައްވެސް ވަނީ ދަށްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް