
އުއްތަރުކާންދުގައި ކުރިއަށް ދިޔަ ޝާހިދުގެ ކުރިއަށް އޮތް ފިލްމު، ޖޯޒީގެ ރިމޭކުގެ ޝޫޓިންތައް ނިމިފައިވާއިރު ޝާހިދު އޭނާގެ އަނބިމީހާ މަތިން ހަނދާންވެގެން މިވަނީ ވަރަށް ނުސާފު ފޮޓޯގަނޑެއް ހިއްސާކޮށްފަ އެވެ. އަދި ފޮޓޯއަށް ދިން ރިޕްލައިގައި މީރާ ވަނީ "މިސް ޔޫޓޫ" ޖަހާފައި ޕޯސްޓެއް ނުކުރިކަމުން ޝާހިދު އުފާކޮށް ޝުކުރުކުރާނެ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން މީރާ ވެސް އޭނާގެ ފިރިމީހާ ވަރަށް ހަނދާންވެގެން އެކަން ސޯޝަލް މީޑިއާގައި ލިޔެފަ އެވެ. ސޯޝަލް މީޑިއާގައި ވެސް ވަރަށް އެކްޓިވްކޮށް އުޅޭ މީރާ އައީ ލޮކްޑައުންގެ ތެރޭގައި ވެސް އެމީހުން އުޅުން ގޮތް ސޯޝަލް މީޑިއާއަށް ހިއްސާކުރަމުންނެވެ. އަދި ދަރިން ކުރާ މަޖާ ކަންތައްތައް ވެސް ހިއްސާކޮށްފައިވެ އެވެ.
މީރާ އަކީ ފިލްމީ ތަރިއެއް ނޫން ނަމަވެސް އޭނާ އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ އިޝްތިހާރަކުން ވެސް ފެނިގެންގޮސްފަ އެވެ.
މީރާ އާއި ޝާހިދު ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރެވެ. މީރާ އާއި ޝާހިދު ކައިވެނި ކުރީ އޭނާގެ މައިންބަފައިން އެދޭތީ އެވެ. އެމީހުންގެ ކައިވެންޏަށް ފުރަތަމަ ދަރިފުޅު މީޝާ ކަޕޫރު ލިބުނީ 2016 ވަނަ އަހަރެވެ. އަދި ދެވަނަ ދަރިފުޅު ޒައިން ލިބުނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.