ads
ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް-- ފޮޓޯ: މުހައްމަދު އައުޒަމް/ ވަން އޮންލައިން
ނޮވެމްބަރު 3 ގެ ހަމަލާ އައިއިރު ސިފައިން ތިބީ މާ ބޮޑަށް ތައްޔާރަކަށް ނޫން: ޝަމާލް
މީގެ 32 އަހަރު ކުރި ރާއްޖެއަށް އުދުވާނީ ހަމަލާއެއް އައިއިރު ސިފައިން ތިބީ މާ ބޮޑަށް ތައްޔާރުވެގެން ނޫން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ ނޮވެމްބަރު 3، 1988 ގެ ހަމަލާއާ ސިފައިން ކުރިމަތިލިއިރު، އެހާ ބޮޑު ކަމަކަށް ތައްޔާރުވެފައި ނުވާ ކަމަށެވެ. 

އެ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތަކާއި ދިވެހިންގެ ބަޔަކު ގުޅިގެން ދިން ހަމަލާއަކީ "ވިސްނާލާފައި އޮތް ވަރަށް ވުރެ ބޮޑު ކަމެއް" ގެ ގޮތުގައި ޝަމާލް ސިފަކުރެއްވި އެވެ.

"ސިފައިން ވީމާ ތައްޔާރަށް ތިބޭނީ އެހެން ނަމަވެސް އަޅުގަނޑުމެން ޓެކްޓިކަލީ ތައްޔާރުވެގެން ވިސްނާލާފައި އޮތް ވަރަށް ވުރެ ބޮޑު ކަމެއް އެކަމަކީ. މި ދައްކަނީ ގާތްގަނޑަކަށް 60 މީހުން ހަތިޔާރު އަޅައިގެން އަރާ ހަމަލަދޭ ވާހަކަ،" ޝަމާލް ވިދާޅުވި އެވެ.

ޝަމާލް އިތުރަށް ވިދާޅުވީ އެ ހަމަލާއަށް ފަހު ދިވެހި ދިފާއީ ބާރުގައި އަސްކަރިއްޔާއެއްގެ ސިފަ ޖެހެން ފެށި ކަމަށާއި ހަތިޔާރު ހޯދުމާއި އަސްކަރީ ތަމްރީން ހޯދަން ފެށުނީ އޭގެ ފަހުން ކަމަށެވެ. 

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 3 ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން 1988 ވަނަ އަހަރު ރާއްޖޭގެ ގާނޫނީ ވެރިކަން ބަދަލުކޮށްލަން ދިން އުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ހަނދާނު ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް