ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ނޮވެމްބަރު 3 ހަނދާންކޮށްދެނީ ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ބޯލެނބުމަކީ އެންމެ ބޮޑު އަޅުވެތިކަން ކަމަށާއި، އެތެރެއާއި ބޭރުން ރާއްޖެ ގައުމެއްގެ ދަރަޖައިން މަހުރޫމް ކުރުމަށް ކުރާ ސިޔާސީ ކޮންމެ މަސައްކަތަކީ ބަލިކަށިވެ ނެތިދާނެ ފިކުރެއް ކަމަށެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިދިކޮޅު ކޯލިޝަނުން އަންނަނީ "ބަޑި ބުރާސްފަތި" މިނަމުގައި ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންނެވެ. އެގޮތުން މިރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި މި ޖަލްސާ އޮންނާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މައުލޫމާތު ދެއެވެ.