ads
ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް-- ފޮޓޯ: މަޖިލިސް
ބ. އަތޮޅު ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ފަށަނީ
ބ. ކިހާދޫ، ކުޑަރިކިލު އަދި ދޮންފަނުގެ ބަނދަރު ހެދުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އޮފިޑް ފަންޑު މެދުވެރިކޮށް އަންނަ ޑިސެންބަރު މަހުގެ ތެރޭގައި ލޯނު އެއްބަސްވުމުގައި ސޮއި ކުރެވޭނޭ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
Advertisement
ބ. ކިހާދޫ، ކުޑަރިކިލު އަދި ދޮންފަނުގެ ބަނދަރު ހެދުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އޮފިޑް ފަންޑު މެދުވެރިކޮށް އަންނަ ޑިސެންބަރު މަހުގެ ތެރޭގައި ލޯނު އެއްބަސްވުމުގައި ސޮއި ކުރެވޭނޭ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ބ.ކިހާދޫ، ކުޑަރިކިލު އަދި ދޮންފަނުގެ ބަނދަރު ހެދުމުގެ ޕްރޮޖެކްޓަކީ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަސައްކަތްތަކަކަށް ވާއިރު އެ މަސައްކަތްތައް ފެށޭނީ ކޮން ތާރީޚެއްގައިތޯ ސާފު ކުރުމަށްޓަކައި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން މިއަދު މިނިސްޓަރު އަސްލަމާއި ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސަރުކާރުން އޮފިޑުގެ ލޯނަކަށް އެދިފައި ވާނޭ ކަމަށެވެ.

އެގޮތުން ދިވެހި ރާއްޖޭގެ އިންފްރާސްޓްރަކްޗަގެ ބައެއް މަސައްކަތްތަށް ކުރުމަށް ލޯން އެޕްލިކޭޝަނެއް ހެދި ރަށްތަކުގެ ތެރޭގައި ބ. ކިހާދޫ، ކުޑަރިކިލު އަދި ދޮންފަނުގެ ބަނދަރު ހެދުމުގެ ޕްރޮޖެކްޓް ހިމެނޭ ކަމަށެވެ.

އެ މަސައްކަތަށް ބޭނުންވާ އެޕްލިކޭޝަނާއެކު އޮފިޑުން އެ މަަސައްކަތްތަކަށް ބޭނުންވާ ޕްރޮޕޯސަލެއް ހަދައި އެޕްރައިޒަލް ކުރުމުގެ މަސައްކަތް ފުރިހަމަކޮށް 2019 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އެޕްރައިޒަލް މިޝަނެއް ދިވެހި ރާއްޖެއަށް ޒިޔާރަތްކޮށް އަދި އެ ރަށްތަކަށް ޒިޔާރަތް ކުރުމަށް ފަހު އެޕްރައިޒަލް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަދި މިހާތަނަށް އޮފިޑުގެ ލޯނު އެގްރިމަންޓުގައި ސޮއިކޮށްފައި ނުވާ ކަމަށާއި މިނިސްޓްރީގެ ފަރާތުން މި މަސައްކަތްތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގައި އެދުމުން ފިނޭންސުން ހާމަކޮށްފައި ވަނީ އަންނަ ޑިސެންބަރު މަހުގެ ތެރޭގައި ލޯނުގެ އެގްރިމަންޓުގައި ސޮއި ކުރެވިގެން ދާނެ ކަމަށެވެ.

އަދި އެ ތިން ރަށުގެ މަސައްކަތްތަކާ ގުޅިގެން އެ މަސައްކަތްތަކުގެ ޑިޒައިނާ އަދި މަސައްކަތަށް ބޭނުންވާ ޓެންޑަ ޑޮކިއުމެންޓްސްތައް ހެދުމަށް ފަހު އޮފިޑްގެ އެޕްރޫވަލްއަށް އެދި މިހާރު ވާނީ ފޮނުވާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެޕްރޫވަލް ހޯދުމަށް އެ ޑޮކިއުމަންޓްތައް ފޮނުވާފައި ވާނީ ވެސް ލޯނު ހަމަޖެހުމުގެ ކުރިން ކަމަށް މިނިސްޓަރުގެ ވާހަކަައިގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ޑިސެންބަރު މަހުގެ ތެރޭގައި ލޯނުގެ އެގްރިމަންޓްގެ މަސައްކަތް ނުނިމުނު ކަމުގައި ވީނަމަވެސް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކު ހިންގާ މިފަދަ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ހަތަރު ވަރަކަށް މަސް ދުވަސް އެ މަަސައްކަތް ކުރިއަށް ގެންދިޔުމަށް ނަގާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި މި މަސައްކަތް ފެށިގެން ދާނޭ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ކެންދޫ ދާއިރާގެ މެމްބަރަށް ދެއްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް