ads
އިދިކޮޅު ކޯލިޝަންގެ ލީގަލް ޓީމް
އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދުގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފި
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުކެއް ކޮށް، އެމައްސަލަތައް އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅަން ނިންމައިފިއެވެ.
Advertisement

އިދިކޮޅު ކޯލިޝަނުން މިކަން އިއުލާންކުރީ މިއަދު އެކޯލިޝަންގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، ދާދިފަހުން، ސުލޫކީ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ، ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން އެކޯލިޝަނުން އެމައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމާފައިވާކަމަށެވެ. 

އެގޮތުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން އެންމެ ބޮޑު މަންފާއެއް ލިބުނީ ރައީސް ނަޝީދަށް ކަމަށާއި، އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީވެސް ނަޝީދުކަން ހާމަވާން އެބައޮތްކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެކަންކަމަށް އެމަނިކުފާނު މީގެ ކުރިން އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވަމުން އަމިލައްފުޅަށް އިއުތިރާފް ވެފައިވާކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. 

އިދިކޮޅު ކޯލިޝަނުން ބުނީ، މިމައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ދައުވާކޮށް އެމަނިކުފާނަށް އިންސާފު ނުލިބި ޖަލުގައި އޮންނަވާތާ އަހަރެއްވާން ގާތްވެފައިވާ ކަމަށާއި، އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މިކަމުގައި ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބަލައި ދެފުށް ފެންނަ ތަހުގީގެއް ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް ވަނީ ބުނެފައެވެ. 

އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރާގޮތުގައި އެމްއެމްޕީއާރުސީ މައްސަލާގައި ދައުވާކޮށް ދާދިފަހުން މައްސަލަ ސާބިތުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަކީ، ކުރީ ސަރުކާރު ފުންޑާލުމަށްޓަކައި ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ސަރުކާރުގެ ތެރޭގައި އެޅުވި ފަންޏެއް ކަމަށާއި، އެކަމަށް މީގެ ކުރިން ނަޝީދު އަމިއްލަފުޅަށް ވަނީ އިއުތިރާފް ވެފައެވެ. 

އިދިކޮޅު ކޯލިޝަންގެ ލީގަލް ޓީމުން ބުނީ މިމައްސަލަތައް އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ފުލުހުންނަށްވެސް ހުށަހަޅާނެ ކަމަށެވެ. 

އިދިކޮޅު ކޯލިޝަނުން ބުނީ މިސަރުކާރުން ކޮރަޕްޝަނަށް އޮންނަނީ ޒީރޯ ޓޮލަރެންސް ކަމަށް ބުނާއިރު މައްސަލަ ސާބިތުވެ ހުކުމް ކުރުމަށް ފަހުވެސް ކުށްވެރިވާ ފަރާތް ގޭގަައި އޮތުމުން އަދުލު އިންސާފުގެ ނިޒާމާއި ދޭތެރޭގައި ސުވާލު އުފެދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް