ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރު އާޖެންޓީނާއަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މެރަޑޯނާ ބެލެވިފައިވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ. އާޖެންޓީނާގެ ހޮސްޕިޓަލެއްގައި މެރަޑޯނާ އެޑްމިޓްކޮށް ފަރުވާ ދެވެމުން އަންނަ އިރު، ހަލުއި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މެރަޑޯނާ އެޑްމިޓް ކުރީ ކޮން ކަމަކާ ގުޅިގެން ކަން ހާމަކޮށްފައި ނުވިނަމަވެސް އޭނާގެ ހާލު ގޯސް ނޫން ކަމަށް އޭނާގެ ޕާސަނަލް ޑޮކްޓަރުންނަށް ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. އުމުރުން ފަސްދޮޅަސް އަހަރުގެ މެރަޑޯނާ، ހޯމަ ދުވަހު އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވާއިރު އަދި މަދުވެގެން ދެތިން ދުވަސް ހޮސްޕިޓަލުގައި ހޭދަކުރަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.