އަންގާރަ ދުވަހުގެ ރޭގެ މެޗުން ރިއަލް މެޑްރިޑް މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ. ރިއަލްގެ ލަނޑުތައް ޖަހައިދިނީ ކަރީމް ބެންޒެމާ ސާޖިއޯ ރާމޮސް އަދި ރޮޑްރީގޯ އެވެ. މިއީ މި މުބާރާތުގައި ރިއާލްގެ ފުރަތަމަ މޮޅެވެ. ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައިވާއިރު އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ރިއާލްއާ އިންޓަމިލާން ހިމެނޭ ގްރޫޕުގެ އެއްވަނައިގަ އޮތީ އަންގާރަ ދުވަހުގެ ރޭ ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް އަތުން މޮޅުވި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް އެވެ.