ads
ކަންގަނާ ރަނައުތު--
"ތަލާވީ" އަށް ބަރުދަން އިތުރު ކުރުންވީ ބުރަ މަސައްކަތަކަށް: ކަންގަނާ
ބޮލީވުޑުގެ ތަރިންގެ ތެރެއިން ކަންގަނާ ރަނޯތުއަކީ ފާހަގަކުރެވޭ އެކްޓްރެސް އެކެވެ. އޭނާގެ ވަރުގަދަ ހިޔާލުތަކުގެ އިތުރުން އެކްޓިން ވެސް ފާހަގަކުރެވެ އެވެ.

އޭނާ ދާދި ފަހުން މި ވަނީ ކުރިއަށް އޮތް ފިލްމު "ތަލާވީ" ގެ ޝޫޓިން ނިންމާލާފަ އެވެ. އެ ފިލްމަކީ ކުރީގެ ޗީފް މިނިސްޓަރު ޖާޔަލަލިތާގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމެކެވެ. 

އެ ރޯލަށް ފިޓުވުމަށް ކަންގަނާ ވަނީ ހަށިގަނޑުގެ ބަރުދަން ވެސް އިތުރުކޮށްފަ އެވެ. ފިލްމުގެ ޝޫޓިން ނިމުމާއެކު ކަންގަނާ ބުނީ ބަރުދަން އިތުރުކުރުން ވީ ބުރަ މަސައްކަތަކަށް ކަމަށެވެ. 

ބަރުދަން އިތުރު ކުރުމަށް ފަހު ބަރުދަން ލުއި ކުރުމަށް ވެސް ބުރަ މަސައްކަތެއް ކުރަން ޖެހުނު ކަމަށް އޭނާ ޓްވިޓާގައި ހިއްސާ ކުރި ފޮޓޯތަކާއެކު ބުނެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް