ގެމަނަފުށީ ބަޔަކު ރަސޫލުކަމަށް ދައުވާ ކުރާ މައްސަލައެއް ބަލަނީ
25 ނޮވެންބަރ 2019 - 11:30:42
ގއ. ގެމަނަފުށީ ބަޔަކު ރަސޫލު ކަމަށް ދައުވާކޮށްގެން އުޅޭ ކަމުގެ އަޑުތަކާއެކު ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލުގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ، ކައުންސިލަށް ކުރިން އައްޔަން ކުރި ބޭފުޅެއް ކަމަށްވާ އަލީ އަހުމަދު، އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި "ގެމަނަފުށިން ބަޔަކު މީހުން ރަސޫލު ކަމަށް ދައުވާ ކުރަނީ،" ކަމަށް ލިޔެފައި ވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ޝިޔާން ވިދާޅުވި ގޮތުގައި ފުލުހުން ވަނީ އެ މައްސަލަ ބަލަމުން އަންނަކަން ކައުންސިލަށް އަންގާފަ އެވެ. އަދި ކައުންސިލުން ވެސް އެފަދަ ކަމެއް އުޅޭތޯ ދަނީ ބަލަމުން ކަމަށް ޝިޔާން ވިދާޅުވި އެވެ.
ޝިޔާން ވިދާޅުވީ، އެއީ މީހަކު ސަމާސާއަކަށް ކުރާ ޕޯސްޓަކަށް ވުރެ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އެހެންކަމުން ހަގީގަތް އޮޅުން ފިލުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އިސްލާމްދީނަށް ފުރައްސާރަ ކުރާ މައްސަލަތައް ދޭތެރެ ދޭތެރެއިން ދަނީ މި 100 ޕަސެންޓް އިސްލާމީ ގައުމުގައި ވެސް ފެންމަތިވަމުންނެވެ. އަދި ތަފާތު ނަންނަމުގައި ޕޭޖުތައް ހަދައި ދިވެހި ބަހުން ދީނަށާއި ރަސޫލަށް ފުރައްސާރަ ކުރަމުން ވެސް ދެއެވެ.
ފުލުހުން ބުނާ ގޮތުގައި އެފަދަ ޕޭޖުތައް ބްލޮކް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް