ads
ޑޮނަލްޑް ޓްރަމްޕް، ރައީސް ސޯލިހް އަދި ޖޯ ބައިޑެން--
އެމެރިކާގެ ނަތީޖާއިން ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
މިއަދު ކުރިއަށްދާ އެމެރިކާގެ ރިޔާސީ އިންތިހާބަކީ މި ފަހުން ދުނިޔޭގައި ވެސް ބާއްވާ އެންމެ މުހިންމު އެއް އިންތިހާބެވެ. މި އިންތިހާބުގެ ނަތީޖާ އެނބުރޭ ގޮތަކުން ދުނިޔޭގެ ގައުމުތަކަށް ވަރަށް ބޮޑު އަސަރެއް ކޮށްފާނެ އެވެ. ދިވެހިރާއްޖެއަކީ ވެސް މިފަދަ ރާޅެއް އަތުވެއްޖެ ނަމަ އަސަރުނުކޮށް ނުދާނެ ގައުމެކެވެ.
Advertisement

މިހާރުގެ ރަައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރިން ވެރިކަން ކުރި ބަރަކް އޮބާމާގެ ރިޔާސީ ދެ އަހަރު އޭނާ ގެންގުޅުއްވީ އާންމުކޮށް ގައުމުތަކާ ރައްޓެހި ފޮރިން ޕޮލިސީއެކެވެ. އޮބާމާގެ ދައުރުތަކުގައި އޭނާ ވަނީ އެހެން ގައުމުތަކަށް އެމެރިކާއިން ދެމުން ގެންދިޔަ ފައިސާގެ އެހީ އިތުރުކޮށްފަ އެވެ. 

ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ވެސް އޮބާމާ ސިޔާސީ ގުޅުން ބޭއްވެވި އެވެ. އެގޮތުން ތިމާވެއްޓާ ބެހޭ ޕެރިސް އެގްރީމެންޓުގައި ގައުމުތަކުން ސޮއި ކުރުމުގައި އޮބާމާ އަދި ނަޝީދުގެ ދައުރު ވަރަށް ބޮޑެވެ. 

އޮބާމާގެ ދައުރުގައި އޭނާ އައީ ގާތްގަނޑަކަށް ތިން މިލިއަނެއްހާ ޑޮލަރު ރާއްޖެއަށް ދެމުންނެވެ. އެ ފައިސާ ދެމުން ގެންދިޔައީ ސައުތު އޭޝިޔާއަށް އެމެރިކާއިން ވަމުން އަންނަ އެހީތަކުގެ ދަށުންނެވެ. މި ފައިސާ ދީފައި ވަނީ ކަނޑުގެ ދިފާއު އާއި ތިމާވެއްޓާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ. 

ނަމަވެސް 2016 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕު ވެރިކަމަށް ވަޑައިގަތުމަށްފަހު އެމެރިކާގެ ފޮރިން ޕޮލިސީ ވަރަށް ބޮޑަށް ބަދަލުވި އެވެ. އޭނާ ބޭނުންވީ ބޭރު ގައުމަތަކަށް އެމެރިކާއިން ދެމުން ގެންދިޔަ އެހީތައް މަދުކޮށް އަމިއްލަ ގައުމު އިސް ކުރުމަށެވެ. އަދި 2017 ވަނަ އަހަރު ވަނީ ރާއްޖެއަށް ދެމުން ގެންދިޔަ އެހީގެ 86 ޕަސެންޓު ކަނޑާލައިފަ އެވެ. 

ކުދި ގައުމުތަކާ ވެސް އޮބާމާ ގުޅުން ބޭއްވެވި ނަމަވެސް ޓްރަމްޕުގެ ވިސްނުން އެހާ ހިސާބަކަށް ނުގެންދެ އެވެ. ނަމަވެސް ދައުރުގެ ފަހުކޮޅު މި ފެނިގެންދިޔައީ އެމެރިކާއިން ރާއްޖޭގައި އެމްބަސީއެއް ގާއިމް ކުރަން ހަމަޖެއްސި ވާހަކަ އެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެ އޮންނަ ސަރަހައްދު މުހިންމުވެފައި، އެމެރިކާގެ ދުޝްމަން ޗައިނާއިން ރާއްޖެއަށް ނުފޫޒު ފޯރުވަމުން ދިއުމެވެ. އަދި ރާއްޖެއާ "ބޮޑަށް ރަހުމަތްތެރިވެވެނީ" އިންޑިއާތޯ ޗައިނާތޯ ކުރާ ކޯޅުމުގައި އެމެރިކާގެ ރަހުމަތްތެރި އިންޑިއާއަށް ކުރި ހޯދައިދިނުމަކީ ވެސް އެމްބަސީ އެޅުމުގެ ބޭނުމެކެވެ. 

ކޮންމެއަކަސް އެމެރިކާގެ ފޮރިން ޕޮލިސީ ޓްރަމްޕާއެކު ބޮޑުތަނުން ބަދަލުވީ އެތައް ރައީސުންނެއް އައިސް ދިޔައިރު ވެސް ޕޮލިސީތަކަށް މާ ބޮޑު ބަދަލެއް ނުގެނެސް އޮއްވަ އެވެ. ޓްރަމްޕުގެ މައްސަލައަކީ އެއީ އެވެ. ކުއްލި، ބޮޑެތި ބަދަލުތަކާއި އަބަދުހެން ބަދަލުވަމުން އަންނަ ރާގެވެ. 

ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިހާބުވެގެން ރާއްޖެއަކަށް ގެއްލުމެއް ނެތެވެ. އެކަމަކު ޔަގީންކަމެއް ވެސް ނެތެވެ. އެކަމަކު އޭނާއާ ވާދަ ކުރައްވާ ބައިޑެން ހޮވިއްޖެ ނަމަ އެމެރިކާއާ އޮންނަ ގުޅުމުގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ފެނެ އެވެ. 

73%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް