ads
ހޯރަފުށީ އެއާޕޯޓް މަޝްރޫއު ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް އާޒިމް ޒިޔާރަތްކުރެއްވުން--- ފޮޓޯ: އެމްޓީސީސީ
ހޯރަފުށި އެއާޕޯޓުގެ މަސައްކަތް އަންނަ ހަފްތާއަށް ނިންމަނީ
ހއ. ހޯރަފުށީ އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވަނީ ސަރަހައްދަށް ވަޑައިގެންފަ އެވެ.

ހޯރަފުށީ އެއާޕޯޓްގެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. އެ މަޝްރޫއުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށްޓަކައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވަނީ މަޝްރޫއު ހިންގާ ސަރަހައްދަށް މީގެ ކުރިން ވެސް ވަޑައިގެންފަ އެވެ.

your imageހޯރަފުށި އެއާޕޯޓު--- ފޮޓޯ: އެމްޓީސީސީ

އެ މަޝްރޫޢުގެ ދަށުން، 37،425 އަކަ މީޓަރުގެ ރަންވޭއެއް އެޅުމާއި، 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އެޅުމާއި، ގިމަތައިގެ ކުރިމަތީ ސަވިސް ރޯޑު ގާއިމުކުރުމާއި، ފަސިންޖަރުންނަށް ގިމަތަ އަކާއި އަލިފާން ނިއްވާނެ އިމާރާތެއް އެޅުން ފަދަ މަސައްކަތްތައް ކުރާނެއެވެ.

އެ މަޝްރޫޢުގެ ދަށުން، މިހާތަނަށް ރަންވޭ އެޅުމުގެ މަސައްކަތުގެ 99 އިންސައްތަ އާއި، ގިމަތަ އެޅުމުގެ 75 އިންސައްތަ އާއި، އަލިފާން އިމާރާތް އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށާއި، އަމާޒަކީ މި މަހުގެ އަށްވަނަ ދުވަހަށް މަސައްކަތްތައް ނިންމާލުން ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ މާޗް 25 ގައި އެމްޓީސީސީ އަށް އެ މަޝްރޫއު ހަވާލުކުރެވިފައިވާ އިރު، އެއާޕޯޓްގެ އަގަކީ ޖުމްލަ 198 މިލިއަން ރުފިޔާ އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ އެރަށުގެ ކައިރީގައި އޮތް މާފިނޮޅުގައި ނިމިދިޔަ ސަރުކާރުން އަޅަން ނިންމި އެއާޕޯޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް