ads
ޓްރަމްޕް އަދި ބައިޑެން--
ޓްރަމްޕް ބުނަނީ ކާމިޔާބުވެއްޖެ ކަމަށް، ބައިޑެން ވެސް އުއްމީދުގައި
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ޑޮނަލްޑް ޓްރަމްޕާއި ޖޯ ބައިޑެންއަށް ދާދި އެއް ވަރަކަށް ވޯޓު ލިބިފައި ވާތީ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ނަމަވެސް ރިޕަބްލިކަން ޕާޓީން ދެވަނަ ދައުރަކަށް ނިކުންނެވި ޓްރަމްޕް ވަނީ މޮޅުވެފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ. އެކަމަކު ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާ، ސުޕްރޯމް ކޯޓަށް ދިޔުމަށް ވެސް ވަނީ ނިންމަވާފަ އެވެ. 

ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ކުރީގެ ނައިބު ރައީސް ބައިޑެން ވިދާޅުވީ އޭނާ ދަތުރު ކުރައްވަނީ ކާމިޔާބީއާ ދިމާލަށެވެ. 

ނަމަވެސް އެތައް މިލިއަން ވޯޓެއް އަދިވެސް ނުގުނާ އެބަ ވެއެވެ. އެހެންކަމުން މޮޅުވީ ކޮން ކެންޑިޑޭޓެއް ކަމެއް އަދި ބުނެވޭކަށް ނެތެވެ. އޭގެ އިތުރުން ވޯޓުލުމާއި ގުނުމުގައި މަކަރު ހަދާފައިވާ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް މިހާތަނަކަށް ނެތެވެ.

އިއްޔެ ވޯޓުލާން ފެށުމުގެ ކުރިން "އާލީ ވޯޓިން" ނިޒާމުގެ ތެރެއިން ވެސް 100 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓު ލާފައި ވެއެވެ. އެހެންކަމުން މިއީ އެމެރިކާ ތާރީހުގައި އެންމެ ގިނަ ބަޔަކު ވޯޓުލީ އެއް އިންތިހާބަށްވުން އެކަށީގެންވެ އެވެ.

އިންތިހާބުގެ ނަތީޖާއާ މެދު ވާދަވެރިކަން ބޮޑުވެފައި ވާއިރު، ޔަގީން ނަތީޖާއެއް ލިބުމަށް ދުވަސްތަކެއް ނެގުން އެކަށީގެންވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް