ads
ލާމަރުކަޒީ ކޮމެޓީގެ 34 ވަނަ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް
ސަރުކާރާއި ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކުން ހުށަހެޅި އިސްލާހުތަކާއެކު ޖުމްލަ 80 އިސްލާހަކާއެކު ލާމަރުކަޒީ ގާނޫނާށް ބޮޑެތި ބަދަލުތަކެއް ގެއަނުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން އިއްޔެ ފާސްކޮށްފައިވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
Advertisement
ސަރުކާރާއި ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކުން ހުށަހެޅި އިސްލާހުތަކާއެކު ޖުމްލަ 80 އިސްލާހަކާއެކު ލާމަރުކަޒީ ގާނޫނާށް ބޮޑެތި ބަދަލުތަކެއް ގެއަނުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން އިއްޔެ ފާސްކޮށްފައިވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އެކަން ހާމަކޮށް މެމްބަރު ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައި ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ 34 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

އަދި އެ އިސްލާހުތައް ހުށަހެޅީ އެމްޑީޕީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވުސްގެ އިތުރުން އޮޑިޓާ ޖެނެރަލް، އީޕީއޭ، ޓްރާންސްޕޭރެންސީ އަދި ހޯޕް ފޯ ވިމެން ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ. މި ބަދަލާއެކު ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދީ ކުރިން މިނިސްޓްރީތަކުން ކުރަމުންއައި 90 އަށް ވުރެ ގިނަ ކަމެއް ކައުންސިލަތަކުން ކުރާ ގޮތަށް ބަދަލުވެގެން ދާނެ ކަމަށް ވެއެވެ.

އެގޮތުން އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދެއްގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ދެން ދޭނީ ސީދާ އެ ކައުންސިލެއްގެ ބެލުމުގެ ދަށުންނެވެ. ކައުންސިލް ނިސްބަތްވާ ސަރަހައްދުގައި ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓް މަސައްކަތްތަކުގެ ތެރެއިން ފަސް މިލިޔަން ރުފިޔާއިން ފެށިގެން ދަށުގެ ޕްރޮޖެކްޓްތައް ހިންމުގެ ބާރު ކައުންސިލްތަކަށް ލިބިގެން ދާނެ އެވެ.

ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރު ކުރުމުގެ ގޮތުން ދައުލަތުގެ ޑޮމެސްޓިކް ރެވެނިއުގެ ފަހެއް އިންސައްތަ ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ލިބިދިނުމާއި އެ ކައުންސިލެއްގެ އިޚުތިސޯސުގައި ހިމެނޭ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ އާއި މުނިސިޕަލް ހިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީގެ 100 އިންސައްތަ ލިބިގެން ދާނީ ކައުންސިލްތަކަށް ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީގެން އެ އަތޮޅެއް ނުވަތަ އެ ރަށެއް ތަރައްގީވެ ކައުންސިލްތަކަށް ފައިދާތަކެއް ވެގެން ދިއުމެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ޖުމަލް 1.6 ބިލިޔަން ރުފިޔާ ވަނީ ހިމަނާފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް