ads
ޓްރަމްޕް އަދި ބައިޑެން--
އިލެކްޓޯރަލް ކޮލެޖުގެ 270 ހޯދަން ޓްރަމްޕް ބޭނުންވަނީ 57 ވޯޓު، ބައިޑެން 46 ވޯޓު
އެމެރިކާގައި ރިޔާސީ އިންތިހާބުން މޮޅުވާ ކެންޑިޑޭޓަކު ބިނާވެފައި ވަނީ އިލެކްޓޯރަލް ކޮލެޖް ނުވަތަ ސްޓޭޓްތަކުން ލިބޭ ވަކި މިންވަރެއްގެ ވޯޓަށެވެ. އެގޮތުން ރައީސަކަށް ވެވޭނީ މަދުވެގެން 270 ވޯޓު ސްޓޭޓުތަކުން ލިބިގެންނެވެ.

އިއްޔެ ވޯޓުލުން ނިމިފައިވާ އިންތިހާބުގެ ވޯޓުތައް ގުނުމުގެ މަސައްކަތް މިހާރު ކުރަމުން ދާއިރު، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އަށް ވަނީ 224 ވޯޓު ލިބިފަ އެވެ. މޮޅުވާން ބޭނުންވާ 270 ހަމަކުރަން މަދީ 46 ވޯޓެވެ.

މިހާރުގެ ރައީސް ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕަށް މިހާތަނަށް ލިބިފައި ވަނީ 213 ވޯޓެވެ. އެހެންކަމުން 270 ވޯޓު ހަމަކުރަން ޓްރަމްޕަށް 57 ވޯޓު ބޭނުންވެ އެވެ.

ޖުމްލަ 538 އިލެކްޓޯރަލް ވޯޓު ސްޓޭޓްތަކަށް ބަހާލާފައި ވަނީ އެ ސްޓޭޓެއްގެ އާބާދީއަށް ބަލައިގެންނެވެ. މި ނިޒާމުގެ ސަބަބުން ވަކިވަކި ވޯޓުން އެއް ކެންޑިޑޭޓަށް ކުރި ލިބުނު ނަމަވެސް، ސްޓޭޓްތަކުން ލިބޭ ވޯޓު މަދުވެއްޖެ ނަމަ އިންތިހާބު ކާމިޔާބެއް ނުވާނެ އެވެ. 2016 ވަނަ އަހަރު ހިލަރީ ކްލިންޓަނަށް ދިމާވީ މިގޮތެވެ.

ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް ނުވަ ސްޓޭޓެއްގެ ވޯޓުތައް ގުނާފައެއް ނުވެ އެވެ. އެހެންކަމުން ދެ ކެންޑިޑޭޓުންގެ ވޯޓުތައް އެހާ ކައިރި ކައިރީގައި އުޅޭއިރު، މޮޅުވާނެ ކެންޑިޑޭޓެއް ލަފާކުރުމަކީ ދަތި ކަމެކެވެ. 

އެހެން ނަމަވެސް ޓްރަމްޕް ވަނީ މޮޅުވެފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ. އެކަމަކު ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާ، ސުޕްރޯމް ކޯޓަށް ދިޔުމަށް ވެސް ވަނީ ނިންމަވާފަ އެވެ. 

ބައިޑެން ވެސް ވިދާޅުވީ އޭނާ ދަތުރު ކުރައްވަނީ ކާމިޔާބީއާ ދިމާލަށް ކަމަށެވެ. އިންތިހާބުގެ ނަތީޖާއާ މެދު ވާދަވެރިކަން ބޮޑުވެފައި ވާއިރު، ޔަގީން ނަތީޖާއެއް ލިބުމަށް ދުވަސްތަކެއް ނެގުން އެކަށީގެންވެ އެވެ.

33%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް