ads
ފޮޓޯ: ނައިބް ރައީސް
ބްލަޑް ސާވިސްއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭނަން: ފައިސަލް ނަސީމް
މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމާއި ބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނައިބް ރައީސް ވަނީ ބްލަޑް ސާވިސްގެ އިސްވެރިންނާއި ބައްދަލުކުރައްވާ އެތަނުގެ މައުލޫމާތުތައް ސާފުކުރައްވަފަ އެވެ. 

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ ހިދުމަތްތައް ފެށުމަށް ކުރަމުންދާ ތައްޔާރީތަކާއި، ހިދުމަތް ހޯދާ މީހުންގެ ރިކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް "ޑިޖިޓަލައިޒް" ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފައި ކަމަށެވެ. 

އޭގެ އިތުރުން، އެ ސާވިސްއިން ދެމުންގެންދާ ހިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިއްސާކުރެއްވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ފައިސަލް ވިދާޅުވީ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، އެ ކަމެއްގައި ޝާމިލުވާ ހުރިހާ އިދާރާއެއްގެ ހިއްސާއާއި ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި، އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް އެ ސާވިސްއަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް