ދިރިއުޅުމުގެ މަސައްކަތުގައި ރެޔާއި ދުވާލު އުޅުމަށްފަހު، އަމިއްލަ ނަފްސަށް ވަގުތު ދެވެނީ މަދު ފަހަރަކު އެވެ. އެފަހަރު ތަކުގައި ބޭނުންވަނީ މާލޭގެ ކޮންކްރީޓް ޖަންގަލީގެ ހަފޮޅުން ބޭރު ވެލާށެވެ. ރާއްޖޭގެ ރީތިކަން ތަޖުރިބާ ކޮށްލާށެވެ. ބޭނުމަކީ ޗުއްޓީ ހޭދަކޮށްލާ، ބޯ ހަމަޖައްސާލުމެވެ. ނަމަވެސް، އަހަރެންނަށް ރާއްޖޭން ބޭރުގައި، އަހަރެން ބޭނުންވާ އުފަލެއް ނުލިބެ އެވެ. އަހަރެން ބޭނުން ވަނީ ސާފު ވަޔެވެ. މޫދަށް އެރިލުމެވެ. މީހުންނާއި ދުރުގާ، އަމިއްލަ ވަންތަކަމެއްގައި އުޅެލުމެވެ. ބައެއް ގަޑިތަކުގައި އެކަހެރިވެލުމެވެ. މިނިވަންކަމާއެކު މީހެއްގެ އުނދަގުލެއް ނެތި ވަގުތު ކޮޅެއް ހޭދަކޮށްލުމެވެ.