ads
ގދ. ތިނަދޫ، ހުޅަނގުގެ، ހަސަން ފާއިޒު
ރޭޕްގެ ކުށް ސާބިތުވެ ހަސަން ފާއިޒު ޖަލަށްލާން ހުކުމްކޮށްފި
އަންހެނަކު ރޭޕްކުރިކަމުގެ ކުށް ސާބިތުވެ ގދ. ތިނަދޫ، ހުޅަނގުގެ، ހަސަން ފާއިޒު (ޖޭސަން) 15 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކުގެ ކޮއްކޮ، ޖޭސަންގެ މައްޗަށް ސާބިތުވެފައިވަނީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، އާޓް ޕްރޮޖެކްޓެއްގެ ކަމެއްގައި މަޝްވަރާކޮށްލަން ކަމަށް ބުނެ، އޭނާ ހިންގާ ސްޓޫޑިއޯއަކަށް 19 އަހަރުގެ އަންހެން އާޓިސްޓަކު ގެންދިޔުމަށް ފަހު އެތަނުގެ ތެރޭގައި އެ އަންހެންމީހާ ރޭޕްކުރި މައްސަލައެވެ. 

މިމައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފައެވެ. ނަމަވެސް ޖޭސަން އަކީ، އޭރު ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާންގެ ކޮށްކޮއަށްވެފައި އެމައްސަލާގައި ޕީޖީން ދައުވާ ނުކުރާނެކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ތުހުމަތު ކުރަމުންދިޔައެވެ. 

މިމައްސަލާގައި އޭރި މީޑިއާތަކުގައި ފެތުރު ވާހަކަތަކަށް ބަލާއިރު، އެ މައްސަލަ ސިއްރުކުރުމަށް ފައިސާ ހުށަހެޅި ކަމަށާއި ފުލުހުހަށް ދިޔަ ނަމަވެސް ކަމެއް ނުވާނެ ކަމަށް ބުނެ ޖޭސަން ބިރު ދެއްކި ކަމަށް އަންހެން ކުއްޖާ އޭރު ވަނީ ބުނެފައެވެ. 

ނަމަވެސް ޖޭސަން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަށް ދޮގުކޮށް، ރުހުމުގައިވެސް އަދި ނުރުހުމުގައިވެސް އަންހެން ކުއްޖާގެ ގައިގާ އަތްލާފައި ނުވާނެ ކަމަށް މީޑިއާތަކުގައި އޭރު ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް