ads
އިންޑޮނޭޝިއާ---
22 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންޑޮނޭޝިއާ ރިސެޝަނަށް
ފަތުރުވެރިން އެ ގައުމަކަށް އާންމުކޮށް އެންމެ ގިނައިން ޒިޔާރަތް ކުރާ ގައުމު ކަމަށްވާ އިންޑޮނޭޝިއާ 22 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ރިސެޝަން އަކަށް ގޮސްފިއެވެ.

ރިސެޝަނަކީ ވަގުތީ ގޮތުން އަންނަ ހީނަރުކަމަކާއި ގުޅިގެން އިގްތިސާދު ދަށަށް ދިއުމެވެ. އާންމުކޮށް ގައުމެއް ރިސެޝަނަށް ދިޔަ ކަމަށް ބަލާނީ ވިދިވިދިގެން ދެ ކުއާޓަރުގައި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ދަށަށް ދިއުމުންނެވެ.

އެގޮތުން ވޭތުވެދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާއި އަޅާ ބަލާއިރު، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އިންޑޮނޭޝިއާގެ އާމްދަނީ 3.49 އިންސައްތަ ދަށްވެފައިވާ އިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އިންޑޮނޭޝިއާގެ އާމްދަނީ ވަނީ 5.32 އިންސައްތަ ދަށްވެފައެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އިންޑޮނޭޝިއާގެ އާމްދަނީ ދަށްވުމުގެ ސަބަބުން އެ ގައުމު ރިސެޝަން އަކަށް ދާން ޖެހިފައިވާ އިރު، އެންމެ ފަހުން ރިސެޝަން އަކަށް ދިޔައީ މީގެ 22 އަހަރު ކުރިން އޭޝިއާގެ ގައުމުތަކަށް ކުރިމަތިވި މާލީ ދަތިކަމުގެ ތެރޭގައެވެ.

ދަނޑުވެރިކަމުގެ ސިނާއަތަކީ އިންޑޮނޭޝިއާގެ އިގްތިސާދުގައި މުހިއްމު ބަޔަކަށް ވިޔަސް، އެ ގައުމަށް ލިބޭ އާމްދަނީ ބޮޑަށް ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން އިންޑޮނޭޝިއާ އަށް ޒިޔާރަތްކުރެއެވެ.

ނަމަވެސް ކޮވިޑް-19 ގެ ހާލަތު އިންޑޮނޭޝިއާގައި ގޯސްވެ، ލޮކްޑައުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމަށް އާމްދަނީ ލިބެން އޮތް ދޮރުތައް ގާތްގަނޑަކަށް ބަންދުވުމުގެ ސަބަބުން އެ ގައުމުގެ 3.5 މިލިއަން މީހުންގެ ވަޒީފާ ގެއްލުމުގެ ބިރާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ ގައުމަކީ އިންޑޮނޭޝިއާ އެވެ. އެގޮތުން އިންޑޮނޭޝިއާގައި 426،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، މިހާތަނަށް 14،348 މީހުން މަރުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް