ads
ކަނޑިންމަ ރިސޯޓް--
ކޮވިޑް-19: ކަނޑިންމަ ރިސޯޓުން މަރުވި މީހާގެ މައްސަލަ ބެލުމަށް ޕޮލިހަށް ހުށަހަޅައިފި
ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ނޭޝަނަލް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކަނޑިންމަ ރިސޯޓުން ކޮވިޑަށް މީހަކު ޕޮޒިޓިވް ވިކަން ހާމަވީ، އެރަށުގައި މަސައްކުރާ ދިވެއްސެއް ކަމަށްވާ އުމުރުން 60 އަހަރުގެ އާދަމް ނަސީރު ހާލުދެރަވެގެން ދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވިފަހުންނެވެ. އެވަގުތުން ފެށިގެން އެރަށް ވަނީ މޮނީޓަރިންނަށްލާފައެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ރަފީގް ވިދާޅުވީ، މިމަހުގެ ދެވަނަ ދުވަހު އެރަށަށް އެޗްޕީއޭގެ ޓީމެއް ގޮސް، ދ.އަތޮޅު ހޮސްޕިޓަލާއި، އެރިސޯޓުގައި ކަންހިނގާދިޔަ ގޮތް ދިރާސާ ކޮށްފައިވާކަމަށެވެ. އެގޮތުން އެތަނުގައި އައުޓްބްރޭކް ހިނގާދިޔަ ގޮތާއި، އެތަނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަލާފައިވާކަމަށާއި، މީގެއިތުރުން އެންމެ ފުރަތަމަ ފެނުނު ކޭސްއާއި ގުޅޭގޮތުން ކަންކަން ހިނގާދިޔަ ގޮތް ބަލައި، ހޮސްޕިޓަލާއި ރިސޯޓުން ބައެއް މީހުންނާއި ވާހަކަދައްކައި މައުލޫމާތު އެއްކޮށްފައިވާކަމަށެވެ. 

އަދި މިއަދު މެންދުރު އެޓީމް އެނބުރި މާލެ އައިސް އެއްކުރެވުނު މައުލޫމާތު އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި ހިއްސާ ކޮށްފައިވާކަމަށާއި، އެ މައުލޫމާތުތަށް ބެލުމަށްފަހު އިތުރަށް ތަހުގީގު ކުރުމަށް މިރޭ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

މިމައްސަލަ މިހާރު ހިއުމަން ރައިޓްސް ކޮމިޝަނުންވެސް އަންނަނީ ބަލަމުންނެވެ. އެގޮތުން މީގެކުރިންވަނީ، އޭނާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވީ އިރު ވެސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެއް ނުވާކަމަށްވެސް އަޑުފެތުރިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް