ads
ހއ. އުލިގަމުގައި އަޅަން ފެށި ސިޓީ ހޮޓާ-- ފޮޓޯ: އަބްދުﷲ އައުރާފް/ މިހާރު
އުލިގަމް ޔޮޓް މެރީނާ އާއި ސިޓީ ހޮޓާ މަޝްރޫއުގެ ބިޑަށް އަލުން ހުޅުވާލަނީ
ހއ. އުލިގަމުގައި ޔޮޓް މެރީނާ އާއެކު ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އުލިގަމުގައި ޔޮޓު ބަނދަރަކާއިއެކު ހޮޓަލެއް ތަރައްގީކުރުމަށް 36 ހެކްޓަރުގެ ބިން ދޫކުރުމަށް މިދިޔަ މަހުގެ 11 ގައި އެ މިނިސްޓްރީއިން އިއުލާން ކުރުމާއި ގުޅިގެން ގިނަ ފަރާތްތަކުން އެ ބީލަމާއިބެހޭ ގޮތުން މައުލޫމާތު ސާފުކޮށް، ދެ ފަރާތަކުން ބީލަން ފޮތް ގަނެފައިވާ ކަމަށެވެ. 

އެހެން ނަމަވެސް، އިއްޔެ ބީލަން ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު އެ މުއްދަތުގައި އެއްވެސް ފަރާތަކުން ބީލަން
ހުށަހަޅާފައި ނުވާތީ، މި ނޮވެންބަރު މަހުގެ ތެރޭގައި އުލިގަމުގައި ޔޮޓު ބަނދަރާ އެކު ހޮޓަލެއް ތަރައްގީކުރުމަށް ބީލަން އަލުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ބުނެ އެވެ.

ކުރިން މި މަޝްރޫއު ހަވާލުކުރި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ވަނީ އެކި ސަބަބުތަކާ ހެދި މަސައްކަތް ނިންމާލެވޭ ގޮތް ނުވެފަ އެވެ. 

ނަމަވެސް އެ ކުންފުނިން ވަނީ ސްޓާފް އޭރިއާގެ 80 ޕަސަންޓާއި ގެސްޓު އޭރިއާގެ ބޮޑު ބަޔެއް ނިންމާ، ގާތްގަނޑަކަށް 69.4 މިލިއަން ރުފިޔާ (4.5 މިލިއަން ޑޮލަރު) ހޭދަކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް