"ރީޑިސްކަވާ މޯލްޑިވްސް" ކެމްޕޭންގެ ދަށުން އޭވިއާރެޕްސް އާއި ގުޅިގެން އެމްއެމްޕީއާރުސީ އިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި އޮންލައިންކޮށް އިޝްތިހާރުކުރުމާއި، ދެކުނު ކޮރެއާގެ ބައެއް ބަސްތަކުގައިވެސް ރާއްޖޭގެ އިސްތިހާރު ޖެހުން ހިމެނެއެވެ.
އެ ކެމްޕެއިން ހަރަކާތްތަކުގެ ދަށުން، ރާއްޖެ އަކީ ހަނީމޫނަށް އެންމެ ރަނގަޅު މަންޒިލް ކަމަށާއި، ރާއްޖެއަކީ ހަނީމޫނަށް އަންނަ ފަރާތްތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދިނުން ހިމެނޭ ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށްޓަކައި އެބްރޯޑް މެގަޒިން އާއި ނެޓް ޖިއޯ ޓްރެވަލާ އާއި ގުޅިގެން ތަފާތު ހަރަކާތްތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.