ތުލުސްދޫ އަށް މިއަދު އައި ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި، ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު އެވެ. އެގޮތުން ތުލުސްދޫ އަށް އައި ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށްޓަކައި ކުޑަ ހަފްލާ އެއް ބާއްވާފައިވެ އެވެ.
މިއަދު ތުލުސްދޫ އަށް ހަތަރު ފަތުރުވެރިން އައިސްފައިވާ އިރު، ތިން ގެސްޓްހައުސެއްގެ ހިދުމަތެއް ދެމުން ގެންދެ އެވެ.
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާ އިރު، މިހާތަނަށް 40،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 500،000 ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.